ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ސަރުކާރު ކުރިވެސް އަރުވާނެ، ޖަވާބުދާރީވެސް ކުރުވާނެ: ރައީސް ނަޝީދު

ބޮޑު ތިލަދުންމަތީ ދަތުރު ނިންމާލުމަށްފަހު އެމްޑީޕީ މާލެއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

“އެޖެންޑާ 19 ރަށަށް” ގެ ނަމުގައި ބޮޑު ތިލަދުންމައްޗަށް ކުރި ދަތުރުން 1،400 ވުރެ ގިނަ ގެޔަކަށް ޒިޔާރަތްކޮށް ކަންބޮޑުވުން އައްސަވާފައިވާނެ ކަމަށް ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަ އެމްޑީޕީއިން ރާއްޖޭގެ އެންމެ އުތުރަށް ދަތުރުފެށީ ޕާޓީގެ ބޮޑު ވަފުދަކާއި އެކު އެވެ. ހއ އާއި ހދ އަތޮޅަށް ކުރެެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދަތުރުގައި ތިލަދުންމަތީގެ 10 ރަށަކަށް ވަޑައިގެންނެވި ކަމަށެވެ. އަދި ދަތުރުގެ ތެރެއިން، ބޮޑު ސިމްޕޯޒިއަމްއެއް ބޭއްވިކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ މަހާސިންތާގައި ޕާޓީގެ ލީޑަރުންވެސް ބައިވެރިވެ، ކައުންސިލްތަކުގެ މެމްބަރުންނާއި ވެރިންނާއި އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދަތުރުގެ ތެރެއިން ކޮންމެ ގެއަކަށް ވަޑައިގެންވެސް ވަކިވަކީން މީހުންނާއި ބައްދަލުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް ބައްދަލުވުންތައް ބޭއްވިއިރު މިއީ ކާމިޔާބު ދަތުރެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ،

“މަހާސިންތާއަކީ ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ފަށާ މަސައްކަތެއް. އެއާއެކު މަޝްރޫއުތަކާއި ސަރުކާރުގެ އެކި އެކި ހަރަކާތްތައް އަތޮޅުތަކުގައި ހިންގާ އިރު، ޕާޓީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ދަތުރު ވަރަށް ކާމިޔާބު ކަމަށެވެ. އަދި ރައްޔިތުންގެ އިހުސާސްތަކާއި، ސަރުކާރާއި މެދު ރައްޔިތުން ކުރާ އުންމީދުތައް ވަރަށް ގާތުން ފެނުނު ކަމަށެވެ.

ދަތުރުގެ މައިގަނޑު ބޭނުމަކީ ކައުންސިލް އިންތިހާބަށް ތައްޔާރުވުމާއި، ސަރުކާރުން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ތަފާތު މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އޮންނާނީ މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމުގައި ކަމަށެވެ. އަދި

“އަޅުގަނޑުމެންގެ ޕާޓީއަކީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަދި ވާގިވެރިވުމުގައި ދެމި އޮންނާނެ، މަސައްކަތް ކުރަމުންދާ ޕާޓީއެއް.” ރައީސް ނަޝީދު

އެމްޑީޕީން އުތުރަށް ކުރި ދަތުރުގެ މައިގަނޑު ބޭނުމަކީ ހދ. ކުޅުދުއްފުށި ސިޓީގައި އެޕާޓީން ކުރިއަށް ގެންދިޔަ “ތިލަދުންމަތި އިރުވައި ކޮންފެރެންސް” ބޭއްވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: