ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސް ފަނޑިޔާރު ޝުޖާއުގެ މައްސަލަ ބަލަން ސަބް ކޮމިޓީއެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަ ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީގެ އާއްމު ބައްދަލުވުމަށްފަހު، ނެރުނު ބަޔާނުގައި އެ ކޮމިޝަނުން ބުނެފައިވަނީ އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ ގއ މާމެންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ޝުކޫރާއި، ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބުގެ މައްސަލައެވެ.

ޝުޖާއު އަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށު ކޯޓާއި ހައިކޯޓިގައި ކުރިޔަށް ގެންދެވި ފަނޑިޔާރެކެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ޓެރަރިޒަމް ދައުވާގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އޭނާ ހިމެނެއެވެ.

ޝުޖާއުގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމްގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ހައި ކޯޓުގައި ތާވަލުކޮށްފައިވަނިކޮށެވެ.

ސުޖާއު ހައިކޯޓްގެ އިސް ފަނޑިޔާރަކަށް އައްޔަން ކުރެއްވީ އޯގަސްޓް 15، 2018 ގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ އޭރު ހައިކޯޓްގެ އިސްފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ. ޖޭއެސްސީން ކުރި ތަހުގީގަށްފަހު މިހާރު އަބްދުﷲ ދީދީ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. މިއީ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މައްސަލަ މިގޮތަށް ތަހުގީގުކުރެވި މަޖިލީސް މެދުވެރިކޮށް ވަކިކުރެވުނު ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓްގައި ދެން ތިއްބެވި ހުރިހާ ފަނޑިޔާރުންވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: