ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ގަވައިދުތައް އިސްލާހުކުރުމަށް އާންމުންގެ ޚިޔާލު ހޯދަނީ!

އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓުއަރިޒަމް މިނިސްޓްރީން މިހާރު އަމަލު ކުރަމުންދާ ހުރިހާ ގަވާއިދުތަކެއް އިސްލާހު ކުރަން އެ މިނިސްޓްރީން ނިންމައިފިއެވެ.

އެކަން ހާމަކޮށް މިއަދު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ގަވާއިދު އިސްލާހުކޮށް ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާއި ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކު އަލުން އެކުލަވާލަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ޓުއަރިޒަމްގެ ތިންގަވާއިދަކަށް އިސްލާހު ހުށަހެޅުމަށް އާންމުންނަށް ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލެވިފައިވާނެއެވެ.

އެ ތިން ގަވާއިދަކީ ޓޫރިޒަމާބެހޭ ތަފާސް ހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވާއިދުގެ އިތުރުން ފަތުރުވެރިންގެ ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމާއި ބެހޭ ގަވާއިދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: