ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ އަށް ވެސް ބޮޑެތި އަދަދުތަކެއް!

މޯލްޑިވްސް ސިވިލް ސާވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަނީ ލާމަރުކަޒީ ޤާނޫނުގައި ބުނާ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަތައް މި މަހުގެ 12 (ބާރަ) ވަނަ ދުވަހު ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބަޔާން ކޮށްފައެވެ.

އެގޮތުން، ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނަށް ފޮނުވި އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 20،500 (ވިހިހާސް ފަސްސަތޭކަ)ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 (ފަނަރަހާސް) ރުފިޔާ ލިބޭނެއެވެ.

ހަމަ އެހެންމެ، އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 12،130 (ބާރަހާސް ސަތޭކަތިރީސް) ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 9،300 (ނުވަހާސް ތިންސަތޭކަ) ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6800 (ހަހާސް އަށްސަތޭކަ) ރުފިޔާ ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: