ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާ ދީފި

ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާ ދީފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލަފާ ދޭން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ރައީސަށް އެގޮތަށް ލަފާ އެރުވުމަށް ނިންމީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލްވުމުގައި ފާއިޒް އެ މަގާމަށް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ނިންމީ ކުރިން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަގާމުގައި ފާއިޒް ހުންނެވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާއި ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހްތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެ އެ ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ފާއިޒްވެސް ބައިވެރިވެވަޑައިގެންފައިވާތީ ކަމަށް ބުނެއެވެ.

https://twitter.com/MaldivesJSC/status/1217724048857321472

ފާއިޒަކީ އިންތިޤާލީ ސުޕްރީމް ކޯޓަށްފަހު ، ފުރަތަމަ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެެއްވި ބޭފުޅާއެވެ.

އެހެން ނަމަވެސް، ފާއިޒްގެ މަގާމު ގެއްލިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާގޮތަށް ގާނޫނަށް މަޖިލީހުން ގެނައި ބަދަލާއި ގުޅިގެންނެވެ.

އޭރު ފާއިޒް އާއި އެކު ފަނޑިޔާރުކަން މިހާރު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވާ މުއުތަސިމް އަދުނާނުގެ މަޤާމުވެސް ގެއްލުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: