ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުކުރަނީ!

ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިންގަމުން އަންނަ ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އިމާރާތް ހުޅުމާލެ އަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސީއެޗްއެސްއީ އަކީ މާލޭގައި ހުރި ހަމައެކަނި ސަރުކާރު ސްކޫލްއެވެ. އެ ސްކޫލު ހުޅުމާލެ އަށް ބަދަލުކޮށް، ކިޔަވައިދޭން ފަށާނީ އެނގިފައިވާ ގޮތުގައި 2022 ވަނަ އަހަރެވެ. އެހެންވެ، އަންނަ މާޗު/އޭޕްރީލް މަހު އެ ސްކޫލުގައި އޭ ލެވެލަށް ކިޔަވަން ފަށާ ދަރިވަރުންނަކީ، މިހާރުގެ އިމާރާތުގައި ކިޔަވާނެ އެންމެ ފަހު ދަރިވަރުންނެވެ.

ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެމުންދާއިރު، ސީއެޗްއެސްއީގެ ކިޔެވުން 8 ބުރީގެ އާ އިމާރާތަކަށް ބަދަލުކުރަނީ، ބެލެވޭ ގޮތުން ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ. މާލޭގެ ސަލްޓަން ޕާކް ކައިރީ ހުރި ސީއެޗްއެސްއީގެ މިހާރުގެ އިމާރާތުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބަދަލުކުރަން އެކަށީގެންވާ ޖާގައެއް ނެތެވެ.

ސީއެޗްއެސްއީގައި މިހާރު ހުރީ ޖުމްލަ 21 ކްލާސްރޫމެވެ. އެ ތަނުގައި 1000 އަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުން އެބަދެއެވެ.

ސީއެޗްއެސްއީގެ އާ އިމާރާތް އަޅަން ހަމަޖައްސާފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގަ އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: