ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި އެންސްޕާއާއި ހައުސިން މިނިސްޓްރީއިން ސޮއިކޮށްފި!

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން މާލީއެހީތެރިކަން ލިބޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމާބެހޭ ގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ދެމެދު ނޮން-ޑިސްކޯލްޝަރ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެންސްޕާ މެދުވެރިކޮށް ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީގެ “މަގޭ ހިޔާވެހި” އޮންލައިން ޕޯޓަލްގެ ބޭނުމަށް ލިބިގެންދާނެއެވެ. އަދި އެ ބޭނުން ފިޔަވައި އެހެން ކަމަކަށް އެ ބޭނުމެއް ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެމައުލޫމާތު އެހެން ފަރާތްތަކާ ހިއްސާ ނުކުރެވޭނެ ކަމަށާއި ސިއްރެއްގެ ގޮތުގައި ހިފަހައްޓާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެކަނިވެރި މައިންގެ މައުލޫމާތާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތާއި، ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ މައުލޫމާތާއި ޕޯޓަލް މެދުވެރިކޮށް ދެވޭނެއެވެ.

އޭގެ އިތުރުން ކާބޯތަކެތި ގަތުމަށް މާލީ އެހީދެވޭ ފަރާތްތަތަކުގެ މައުލޫމާތު ވެސް ޕޯޓަލް މެދުވެރިކޮށް ދެވޭނެއެވެ.

އެންސްޕާއިން ހައުސިން މިނިސްޓްރީއަށް މި މައުލޫމާތު ފޯރުކޮށްދެނީ ޚާއްސަ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ. 

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ ސްޓޭޓު މިނިސްޓަރ އަހުމަދު ނަޝީދެއެވެ. އެންސްޕާއިން ސޮއިކުރެއްވީ ޑެޕިޔުޓީ ސީއީއޯ ރުގިއްޔާ މުހައްމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: