ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ކައުންސިލްތަކުގެ ބޮޑު މެޖޯރިޓީއެއް ދެއްވާ، ނޫންނަމަ ވައުދު ފުއްދުމުގައި ދަތިތަކެއް ދިމާވެދާނެ: ރައީސް ޞާލިހު

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ނުލިބިއްޖެ ނަަމަ މި ސަރުކާރުގެ ވައުދުތައް ފުއްދަން އުނދަގޫ ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު  ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރެވޭނީ އެ ވައުދުތައް ގަބޫލު ކުރާ އަދި އެ ކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީއަށް ކައުންސިލް އިންތިހާބު ބޮޑުތަނުން ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އެކަން ކުރެވޭނީ ސަރުކާރުން ވީ ވައުދުތައް، އަޅުގަނޑުމެން ވީ ވައުދުތައް ގަބޫލުކުރާ، އެކަމުގެ ވިސްނުން ހުރި ފަރާތްތަކަށް. އަޅުގަނޑުގެ ޒިންމާއެއް، ވާޖިބެއް އެބައޮތް ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކުރި މަސައްކަތުގައި. އަޅުގަނޑު ވީ ވައުދުތައް ފުއްދުން. މި ކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މި ކަން ދަންނަ ބަޔަކަށް،”

ސަރުކާރު ޖަވާބުދާރީ ކުރުމަކީ ކައުންސިލްތަކުން ކުރަން ޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ  ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އެބައޮތް ކަމަށާއި މަޖިލީހުން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ކައުންސިލް އިންތިހާބު ދޭން އެ ބުނާ ސަބަބެއް އެނގިވަަޑައި ނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ފައިސާ އާއި ބާރުވެރިކަން ހަވާލުކުރަނީ ޒިންމާދާރުކަމާ އެކު އެކަން ކުރުމަށްޓަކައި ކަމަށެވެ. އެކަން ކުރެވޭނެ ބަޔަކަށް ތިބީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: