ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީސްމީޑިއާގައި މީހުން ފަލީހަތްކުރަން ދިވެހިން ދެކޮޅު!

ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްބަޔަކު މީސް މީޑިއާ ބޭނުންކުރަނީ ހެޔޮ ގޮތުގައެވެ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާ މަންސަތަކެއްގެ ގޮތުގައެވެ. އިސްލާމީ ރިވެތި ގޮތްތައް އުނގަންނައިދީ، މުޅި ދުނިޔެއަށް މި މާތް ދީނުގެ ނޫރު ފޮނުވައިދޭން މަސައްކަތްކުރެވޭ ތަނެއްގެ ގޮތުގައެވެ. އިސްލާމް ދީނާއި މުސްލިމުންގެ ދިފާއުގައި ބަސް ބުނާން ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ.

ނަމަވެސް ހިތާމައަކީ، މިބުނާ މީސް މީޑިއާގެ ބޭނުން ގޯސް ގޮތުގައި ހިފާ މުސްލިމުން ވެސް މަދު ނޫން ކަމެވެ. ފާޙިޝްކަންކަމާއި އިސްލާމީ ރިވެތި އުސޫލުތަކާ މުޅިން އިދިކޮޅު ކަންކަން ޕްރޮމޯޓު އެބަކުރެއެވެ. އެކަކު އަނެކަކުގެ މުޅަ މަސްކައި ފިތުނަވެރިކަމުގެ ހުޅުތައް ރޯކުރާ ތަނަކަށް މީސް މީޑިއާގެ މަންސަތައް ހަދައިފިއެވެ. އެކަކު އަނެކަކަށް މަލާމާތްކުރުމާއި އެކަކު އަނެކަކު ފަލީޙަތްކުރުން ފަދަ މުޅިން ދީނާ ހިލާފުކަންކަން މީސް މީޑިއާ ބޭނުންކޮށްގެން އެބަކުރެއެވެ.

ދިވެހިންގެ ތެރޭގަައި ވަރަށް އާންމު ކަމެއް އެބަ އޮތެވެ. މީހަކަށް ކުށެއް ކުރެވުމުން މީސް މީޑިއާގައި އެ މީހަކު ފަލީޙަތްކޮށް މަލާމަތްކުރުމެވެ. މީމްސް ހަދައި ޖޯކުޖެހުމެވެ. ދަންނާށެވެ. ފުރިހަމަ މުސްލިމަކީ ތިބާގެ މުސްލިމް އަޙާ ނުވަތަ އުޙްތާގެ އައިބުތައް ފޮރުވައިދޭ މީހާ އެވެ. ކިތަންމެ ބޮޑު ކުށަކަށް ވެސް ތަޢުބާ ވެވޭނެއެވެ. އަދި ތަޢުބާ ވުމަށްފަހު އެ މީހަކީ ކުށެއް ނުކުރާ މީހެއް ފަދައެވެ. އެހެނީ މީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާނެތެވެ.

ލޮބުވެތި ދިވެހީންނޭވެ. ވިސްނާށެވެ. ހޭއަރާށެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ. ނަމަވެސް، ވަގުތު ފާއިތުވާނެ އިރެއް ހަމަ އެކަކަށް ވެސް ނޭނގޭނެއެވެ. މި ހިނދުގައި ވެސް މަރު އައިސް ތިބާއާ ސަލާމްކޮށްފާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: