ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ބީޗުގައި ބެންޗް ބަހައްޓައި ވޯކް ޓްރެކެއް ތަރައްގީކުރާނެ – އެޗްޑީސީ

ހުޅުމާލެ ބީޗް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެން ހޮޅި ވަޅުލައި ނިމުނަސް ހުޅުމާލޭ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓް ހިންގުމަށް ފުރުސަތެއް ނޯންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް، އެއްވެސް ކުއްޔެއް ނެތި ވަރަށް ފުޅާ ދާއިރާއެއްގައި ކެފޭ/ރެސްޓޯރަންޓް ހިންގި އެވެ. ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފެނުގެ ޚިދުމަތް ދޭން ގެންދާ ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމާ އެކު އެޗްޑީސީގެ އެންގުމަށް ކެފޭ/ރެސްޓޯރަންޓުތައް ބަންދުކޮށް، ސަރަހައްދު ވަނީ ސާފުކޮށްފަ އެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އެޗްޑީސީން ބުނާ ގޮތުގައި، އެ މަސައްކަތް ނިމިފައި ވީ ނަމަވެސް، ކެފޭ ހިންގުމުގެ ފުރުސަތު ދެން އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ، އޭގެ ބަދަލުގައި އެ ސަރަހައްދަުގައި ބެންޗުތައް ބަހައްޓައި، ތަން ތަރައްގީކުރާނީ ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައެވެ. އަދި ހުޅުމާލޭ ބީޗްގައި ހިނގާ ޓެރެކެއް ހެދިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި ކެފޭ/ރެސްޓޯރަންޓުތައް ހުސްކުރުމުން މިހާރު ވެސް އެއީ އާއިލާތަކުން ހިތްހަމަޖައްސާލަން ދާ ތަނަކަށް ވަނީ ބަދަލުވެފަ އެވެ. އަދި އެޗްޑީސީން އެ ސަރަހައްދު ސާފުކޮށް ބަލަހައްޓަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: