ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މައްސަލަ، ކޯޓުން ބޭރުގައި ހައްލު ކުރެވޭތޯ މަސައްކަތް ފަށައިފި!

ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާގެ ކުންފުންޏަކުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މައްސަލައިގައި މަޝްވަރާކޮށް، ކޯޓުން ބޭރުގައި ހައްލު ކުރެވޭތޯ މަސައްކަތް ފަށައިފި އެވެ.

ގާތްގަނޑަކަށް 122 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ހޭދަކޮށްގެން އެ މިނިސްޓްރީގެ އައު އިމާރާތް ހަދަން 2016 ގައި ހަވާލުކުރީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެވެ.

ކުރިން އެ އިމާރާތް އަޅަން އޮތީ ފިނޭންސް މިނިސްޓްރީ މިހާރު ވެސް ހުރި ބިމުގަ އެވެ. އޭރު އެ ބިމުގައި ހުރި ބައެއް އިމާރާތްތައް ތަޅައި، ބިން ވެސް ސާފުކުރި އެވެ. އެކަމަކު ފަހުން ހުޅުމާލޭގައި އެތަން އަޅާން ނިންމީ، މާލޭގައި އެފަދަ ބޮޑު އިމާރާތެއް ހަދާއިރު ދިމާވާނެ ދަތިތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ނަމަވެސް، މި މަޝްރޫއަށް ލޯނު ލިބުމުގައި މައްސަލަ ޖެހި، އިމާރާތް އެޅުން އޮތީ ހުއްޓިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: