ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިަޝަންގެ ވެރިން ތިއްބެވީ ޚިޔާލީ ދުނިޔެއެއްގައި.: ޑރ ޖަމީލް

ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަންގެ ލީޑަރުން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހަތަރު ސިޔާސީ ޕާޓީއަކުން ބައިވެރިވެއެވެ. އެއީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމް އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ކޯލިޝަން ލީޑަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އެވެ.

https://twitter.com/MJameelAhmed/status/1217286100609187842

ވެރިކަން ހިންގަވާނީ އެ ބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށާ ކޮންމެ މަހަކު އެއް ފަހަރު ލީޑަރުންގެ މަޝްވަރާތަކެއް ބާއްވަވާނެ ކަމަށްވެސް ރައީސް ސޯޯލިހް ވިދާޅުވިއެވެ.

ނަމަވެސް އެ ބައްދަލްވުންތައް ނުބޭއްވޭތާ އެތައް މަސްތަކެއް ވަނީ ފާއިތުވެފައެވެ. މީގެ އިތުުރުން ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށާ ރައްޔިތުންނަށް އެމްޑީޕީން ދޭން ބޭނުންވާ ހިދުމަތްތައް އެގޮތުގައި ދިނުމަށް އޮތް ހުރަހަކީވެސް ކޯލިޝަން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ކޯލިޝަނަށް ފާޑުވިދާޅުވަމުން ޖަމީލް މިއަދު ވިދާޅުވީ ކޯލިޝަން ސަރުކާރާއި ބެހޭގޮތުން ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅެއް ނުވާ ކަމަށެވެ. މަޖިލިސް އިންތިޚާބުގައިވެސް ކޯލިޝަނެއް ނެތް ކަމަށާ ކައުންސިލް އިންތިޚާބްގައި އަމުދުން ކޯލިޝަން އަށް އެކުގައި ހިނގޭނެ މަގެއް ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: