ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި!

ކުއްޖާގެ ފުއްޕާމެއިން ނެގި ޕިން - ފޮޓޯ: ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި އެވެ.

ޕިނެއް ނަގާފައި ވަނީ 15 އަހަރުގެ އަންހެންކުއްޖެއްގެ ފުއްޕާމެއިންނެވެ. އައިޖީއެމްއެޗްގެ ވީޑިއޯގައި ޑޮކްޓަރ މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން އަނެއްކާވެސް ޕިނެއް ނަގާފައިވާ ކަމަށެވެ. ޓްވީޓުގައި އޭނާ ވަނީ ޕިން އަނގައަށް ނުލުމަށް އެދިވަޑައިގެންފައެވެ.

ޕިން ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ފުއްޕާމެއިން އެއްޗެއް ނަގަން ކުރަން ޖެހޭ އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށެވެ. ފުއްޕާމޭ ފަޅައިގެން ގޮސް ލޭ ބޭރުވުން ފަދަ ކަމެއް ވެސް ދިމާވެދާނެ ކަމަށެވެ. ވީޑިއޯގައި ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ޑޮކްޓަރުންގެ އިލްތިމާސް އަކީ ބުރުގާ ޕިނެއް ވިޔަސް އަދި އެހެން ވެސް ނުރައްކާތެރި އެއްޗެއް އަނގައަށް ލައިގެން ނޫޅުން ކަމަށެވެ.

ބުރުގާ ޕިން އަނގައަށް ލައިގެން އުޅުމުގެ ތެރޭގައި ފުއްޕާމެއަށް ބުރުގާ ޕިން ދިއުމުގެ ސަބަބުން މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: