ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ގެނެވޭނީ ފަރަގު ނައްތާލައިގެން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ މާލެ އާއި އަތޮޅު ތެރޭގެ ފަރަގު ނައްތާލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި ފެށި ތިލަދުންމަތީ “އިރުވައި ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުލިބޭ މީހުން ކަމަށާއި މާލެ އާއި އަތޮޅުތެރޭގައި މި އަދަދުގެ ތަފާތު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން މާލޭގައި މި މިއަދަދު ނުލިބޭ ޕަސެންޓަކީ 1.7 ޕަސަންޓު ކަމަށާއި ނަމަވެސް އަތޮޅުތަކުގައި މި ޕަސަންޓު އުޅެނީ 12 ޕަސެންޓުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ކުރުމަށް ބަލާއިރު މާލެ އާއި ރާއްޖެތެރެއާއި އަތޮޅުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށާއި އެގޮތުން ހަމައެކަނި ވަޒީފާގައި އުޅޭ މީހުނަށް ބެލިކަމުގައި ވީ ނަމަވެސް އަދި ލިބޭ އާންމްދަނީއަށް ބެލިކަމުގައި ވިޔަސް އެ ތަފާތު ފެންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ މިނިމަން ވޭޖް ކަނޑައެޅުމުގައި ވެސް ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރި ތަކުގައި މަސައްކަތް ކުރާ މީހުން ތިބިއިރު، މިކަމާމެދު މަޝްވަރާ ކުރެވުމަކީ މިކަން ކުރަން ލިބޭނެ ފަސޭހައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: