ކުއްލި ޚަބަރު

މާލޭގެ މައްސަލަތައް ދަނީ އިތުރުވަމުން، މާލޭ މީހުން ބޯހިޔާވަހިކަމުން މަހުރޫމްކޮށްގެން ނުވާނެ: ސަރަނގު

މާލޭގެ މައްސަލަތައް ދަނީ އިތުރުވަމުން، މާލޭ މީހުން ބޯހިޔާވަހިކަމުން މަހުރޫމްކޮށްގެން ނުވާނެ: ސަރަނގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މާލޭގެ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، އެކި އުޒުރުތައް ދައްކާ މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމުން މަހުރޫމްކޮށްގެން ނުވާނެ ކަމަށް މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ އެންމެ ފަހުގެ ރައީސް، ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

"ސަންގު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަރަނގު އާދަމް މަނިކު ވިދާޅުވީ މާލޭގެ ހުރިހާ މައްސަލައެއް ވެސް ގުޅިފައިވަނީ ބޯހިޔާވަހި ކަމާއި ކަމަށެވެ. އަދި އެ މައްސަލަ ހައްލުވާނެ ކަމަށާއި، އެމްޑީޕީގެ ޓިކެޓު ލިބި ރައްޔިތުން މޭޔަރުކަމަށް ހޮއްވައިދެއްވައިފި ނަމަ އޭނާގެ ފޯކަސް ހުންނާނީ މާލެއަށް ބަދަލުތަކެއް ގެނައުމަށް ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. މާލޭގެ މޭޔަރަށް އަބަދުވެސް އަންނަން ޖެހޭނީ، ސިޓީގެ ކުރިއެރުންތަކާއި ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމާޒަކީ އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ "އެޖެންޑާ 19" ހުރި ކަންތައް ތަންފީޒުކުރުން ކަން އާދަމް މަނިކު ވަނީ ފާހަގަކުރައްވާފައެވެ.

އާދަމް މަނިކު ވިދާޅުވީ، ސަރުކާރަށް ދަންނަވައިގެން މާލެއަށް އިސްކަން ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ވިސްނުމަކީ، ރަނގަޅު ކުރިއެރުންތަކެއް ގެނެވިއްޖެ ނަމަ އޭނާގެ ފިޔަވަޅު މަތީން އެހެން މީހުންނަށް ލިބޭނެ ފަސޭހަތައް ހުންނާނެ ކަމަށެވެ. އެއީ ގެންނަން ބޭނުންވާ ބަދަލު ކަމަށާއި، މިވީހާ ދުވަހު މާލެއަށް ފެނުނު އެއްވެސް ކުރިއެރުންތަކެއް ނެތް ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

މާލޭގައި ޕާކިން ނިޒާމު ގާއިމް ކުރާ ކަމަށް ބުނަމުންދާއިރު އެ މަންޒަރެއް ވެސް ނުފެންނަ ކަމަށް އާދަމް މަނިކުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. ހިތައް އެރިހާ ގޮތަކަށް ކަންކަންކޮށްގެން ނުވާނެ ކަމަށާއި، އަބަދު މީހުން ބިން ވިއްކަމުންދާއިރު ސަރުކާރުގެ މަސައްކަތްތަކަށް ބިން ލިބޭނެ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. ބޭނުންވަނީ ހާއްސަ ވިޝަން އަކާއި އެކު، މާލެއަށް ބަދަލުތަކެއް ގެންނަން ބޭނުންވާ މޭޔަރެއްކަން ވެސް އާދަމް މަނިކު ވަނީ ފާހަގަކުރައްވާފައެވެ.

"މާލޭގެ ރައްޔިތަކަށް މިވަނީ މާލޭގެ ކޮންމެވެސް ތަނެއްގައި ރެޖިސްޓްރީ އޮތީމަ. އެހެން ވީމަ މާލޭ މުނިސިޕަލްޓީގައި ރެޖިސްޓްރީ އޮތަސް އަދި އެހެން ތަނެއްގައި ރެޖިސްޓްެރީއެއް އޮތަސް މާލެއަށް ނިސްބަތް ވާނަމަ އެއީ މާލޭ މީހެއް. ދެން މިސާލަކަށް ދަފްތަރުގައި އެބަތިބި ތިރީސް، ސާޚީސް އަހަރު ދަފްތަރުގައި ތިބި މީހުން. ދެން އެބަތިބި ރައީސް ޔާމީނަށް ވޯޓު ހޯދަން އިހަށް ދުވަހު ދަފްތަރަށް ޖައްސާފައި ތިބި ބައެއް. އަޅުގަނޑު ދަފްތަރު ބަންދުކޮށްފައި އޮއްވާ އަލުން ހުޅުވައިގެން. އެހެން ވީމާ މިއުޅެނީ ތަފާތެއް." އާދަމް މަނިކު

އާދަމް މަނިކު ވިދާޅުވީ ހައްލެއް ބޭނުންވަނީ އެންމެ ފުރަތަމަ ދަފްތަރުގައި ތިބޭތާ އެތައް އަހަރެއް ވީ މީހުންނަށް ކަމަށެވެ. އާދަމް މަނިކު ވިދާޅުވީ، އޭނާ ދަފްތަރުގެ ރައްޔިތުންނަށް އަޅާނުލާ ދޫނުކޮށްލާނެ ކަމަށެވެ. އާދަމް މަނިކު ވިދާޅުވީ، މާލޭގެ ގޯތި ބޭނުންމީހާ އަކީ މާލެއަށް އުފަން އަދި މަލޭގެ ރަށްވެހި މައިންބަފައިންގެ ކުއްޖެއް ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ބޯހިޔާވަހިކަމެއް ނެތް ކަމަަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން، އާދަމް މަނިކު ވިދާޅުވީ އޭނާއަކީ ފެށުނީއްސުރެ އެމްޑީޕީއަށް ނިސްބަތް ވާ މީހެއް ކަމަށެވެ. ސީދާ އެކްޓިވެސްޓެއް ގޮތުގައި މަސައްކަތް ނުކުރި ނަމަވެސް އަބަދުވެސް އެމްޑީޕީގެ ކަންކަމުގައި އިހުލާސްތެރިކަމާއި އެކު ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: