ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހި ފެތުރުން: ތިން ވަނަ މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެ!

ހިމަބިހި ފެތުރުން: ތިން ވަނަ މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެ!
ޝެއާރކޮށްލާ ކަހަލަދޯ؟

ނައްތާލާފައިވާ ހިމަބިހި ރާއްޖެއިން އަލުން ފެނި، އެކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނިކޮށް އަނެއްކާވެސް އިތުރު މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފައެވެ. އެއަށްފަހު އުމުރުން 30 އަހަރުގެ ފިރިހެނަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި އަލުން ފެންނަން ފަށާފައިވާއިރު އެ ބައްޔަށް ޝައްކު ކުރެވިގެން 10 މީހަކު މިއަދު އެކަނިވެސް ޓެސްޓު ކުރިއެވެ. ހެލްތް މިނިސްޓްރީއިން ބުނެފައިވަނީ، ޓެސްޓުތަކުގެ ނަތީޖާއިން އެތަނުން އެކަކު ބައްޔަށް ޕޮޒިޓީވްވެފައިވާ ކަމަށެވެ. ރާއްޖެއިން ހިމަބިހި އެންމެފަހުން ފެނިފައިވަނީ މީގެ 11 އަހަރު ކުރީންނެވެ. ކުށްލިގޮތަކަށް ރާއްޖެއިން ހިމަބިހި ފެންނަން ވީ ސަބަބެއް އަދި އެނގިފައިނުވާއިރު މިހާތަނަށް ހިމި ބިހި ފެނުނު ދެ މީހުން ވެސް ރާއްޖެއިން ބޭރަށް ވޭތުވެ ދެ މަހެއް ހާ ދުވަހުގެ ތެރޭގައި ދަތުރުކޮށްފައި ނުވާ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެހެން ކަމުން ބަލި އުފެެދެން ދިމާވީ ސަބަބު ހޯދުމިގެ މަސައްކަތް ހެލްތް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

ހިމަބިހީގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމަތު ހިއްސާ ކުރުމަށް ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ، ހުންއައުމާއި ހުމުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. އަދި އޭގެ ބޭނުމަކީ، ޝައްކު ކުރެވޭ އަލާމާތްތައް ހުންނަ މީހުންގެ ހަށިގަނޑުގައި އެ ބަލީގެ އެއްވެސް އަސަރެއް ހުރިކަން ޔަގީން ކުރުން ކަމަށެވެ.

ހިމަބިހި ފެނުނު ކުޑަ ކުއްޖާ އާއި 30 އަހަރުގެ މީހާވެސް އުޅެނީ ހުޅުމާލޭގައެވެ. އެގޮތުން މިނިސްޓްރީއިން މިހާރު ދަނީ ކުއްޖާ އާއި އެ މީހާ ފާއިތުވީ 20 ދުވަހުގެ ތެރޭގައި ދިޔަ ތަންތަން ހޯދާ އެ ސަރަހައްދުތަކުގައި އުޅޭ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

“އެފަރާތްތަކުގެ ގޭގެއަށް ގޮސް، ވެކްސިނޭޝަންގެ ސްޓޭޓަސް ބަލައި، އެފަރާތްތަކަށް ވެކްސިން ދިނުމަށް އިއްޔެ ވަނީ ފަށާފައި. އެ މަސައްކަތް މިއަދު ވެސް ކުރިއަށް ދާނެ،” އަމީން

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ.

މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ. އަދި ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: