ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ގައި

ޔާމީންގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވި ފަަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިމަހުގެ 28 ވަނަ ދުވަހު ފަށަަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މަނީ ލޯންޑާރ ކުރިކަމަށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ، ފަސް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށް ވާ ފަސް މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާ ބަލާނަމަ 77 މިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމްކޮށްފައެވެ. އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލަ ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ގައެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތެފައިވަނީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން ކުރިން އޮތީ އެ މައްސަލަ ބަލައިގެންފަ އެވެ.

އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އެދިފަ އެވެ. އަދި ކަފާލާތާ މެދު ގޮތެއް ނިންމުން ލަސްވާތީ އެމަނިކުފާނާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ދަށު ކޯޓުން ކުށް ސާބިތުވެފައިވާ މީހާ ވެސް އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަންކޮށް ދިނުމުގެ ބާރު އެ ކޯޓަށް އޮވެ އެވެ. އަދި މީގެ ކުރިން ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން ކަފާލާތުގެ ދަށުން ހައި ކޯޓުން އެގޮތަށް މިނިވަންކޮށް ދީފައިވެ އެވެ. އެކަމަކު ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތްގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބޮޑު ބަހުސެއް މިހާރު އޮތީ އުފެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: