ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވި މީހުންގެ މަރުގެ ދިޔަ ދިނުމަށް ހުކުމްކޮށްފި!

ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 11 އަހަރު ކުރިން ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަރުވި މީހުންގެ މަރުގެ ދިޔަ ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

2008 ވަނަ އަހަރު ހިނގި މި އެކްސިޑެންޓުގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އދ ދިގުރަށު އިރުމަތީގޭ މުޙައްމަދު ޤާސިމްއާއި، ހދ ހިރިމަރަދޫ ނޫރީގޭ މުހައްމަދު އަބްދުﷲ ގެ މައްޗަށެވެ.

އެގޮތުން ކަނޑުމަތީގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނާއި ޚިލާފުވެފައިވާތީ ޤާނޫނުލް އުޤޫބާތުގެ ދަށުން މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ދައުވާއާއި ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ޤާސިމް ދައުވާއަށް އިއުތިރާފުވެފައިވާ ކަމަށާއި، އޭނާގެ އިއުތިރާފް ޝަރީއަތުން ބަލައިގަނެފައިވާ ކަމަށެވެ.

އޭގެއިތުރުން، މި މައްސަލައިގައި ދައުވާލިބޭ މުހައްމަދު އަބްދުﷲ ދައުވާއަށް އިންކާރުކޮށްފައިވީ ނަމަވެސް އޭނާއާއި ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށައަޅާފައެވެ.

އެގޮތުން މި އެކްސިޑެންޓް ހިނގައި ދިޔަ ގޮތަށް ބަލާއިރު، އެކްސިޑެންޓް ހިނގާފައިވަނީ 19 ޖެނުއަރީ 2008 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މުހައްމަދު އަބްދުﷲ ބާރު ސްޕީޑުގައި ދުއްވަމުން ގެންދިޔަ ދޯންޏަކާއި މި މައްސަލައިގައި ދެން ދައުވާލިބޭ ޤާސިމް ދުއްވަމުން ދިޔަ ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓެއްގައެވެ. އަދި މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ދެ މީހަކު ވަނީ މަރުވެފައެވެ.

އެކްސިޑެންޓު ހިނގުމާއެކު ދައުވާލިބޭ ޤާސިމް ހޭނެތުނު ނަމަވެސް އޭނާވެސް ޑިންގީ ދުއްވީ ފަރުވާ ކުޑަކޮށް ކަމަށް ވަނީ އިއުތިރާފުވެފައެވެ. އަދި ދައުވާލިބޭ މުހައްމަދު އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެކްސިޑެންޓް ހިނގުމާއެކު އިތުރު މީހުން ސަލާމަތް ކުރެވޭތޯ ބެލުމުގެ ބަދަލުގައި ފުލުހުންނަށް ގުޅުމަށްފަހު އެ ސަރަޙައްދުން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ސަރަޙައްދުގައި މަޑުކޮށް، އިތުރު މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރި ނަމަ މަރުވި މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތްކަން ހުކުމުގައިި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: