ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުތައް މަރުކަޒުކޮށްގެން ގައުމެއް ތަރައްގީއެއް ނުވާނެ – ނަޝީދު

ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުތައް މަރުކަޒުކޮށްގެން ގައުމެއް ތަރައްގީއެއް ނުވާނެ ކަމަށާއި ގައުމެއް ތަރައްގީވާނީ ބާރުތައް ދޫކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ, އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހދ. ހަނިމާދޫގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައިއޮތީ ލާމަރުކަޒީ ނިޒާމާއި ކަމަށެވެ.

ބާރުތައް މަރުކަޒު ކޮށްގެން ތަރައްގީއެއް ނާންނާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ ހަމަޔަކީ އަދި ތަރައްގީގެ ތަބީއީ ސިފައަކީ ހެދިފޯދުން ކަމަށެވެ. އަދި ހެދިފޯދޭނީ ދޫކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ދަތުރެއްގައިވެސް ދޮރުން ދޮރަށް ހިނގަނީ ވަޒީފާ ނެތް މީހާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި މި ކައުންސިލް އިންތިހާބުގައި ވާނެ ވައުދަކީ އެމީހާއަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުން ކަމަށެވެ.

2020 ވަނަ އަހަރު ކައުންސިލްތަކަށް ލިބޭ ބަޖެޓު ބޮޑުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރީގައި ރަށެއްގެ ކައުންސިލަށް ލިބުނު އެއްޗެއްގެ ހަ ގުނަ އިތުރަށް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް މުސްތަގުބަލެއް ހޯދައިދީ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކަކާއި ސިޔާސަތުތަކެއް އެކުލަވާލުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: