ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ލޯކަލް ކައުންސިލް ޕްރައިމަރީގައި ޖުމްލަ 1228 ކެނޑިޑޭޓުން!

ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގައި 1228 ކެނޑިޑޭޓުން އެބަތިބިކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތަކާއި ކެނޑިޑޭޓު ނަންބަރު އެގޭގޮތަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ.

އެމްޑީޕީގެ އިއުލާނުގައިވާ ގޮތުން ސިޓީ ކައުންސިލްތަކުގެ ޕްރައިމަރީގައި ވާދަކުރާނީ 108 ކެންޑިޑޭޓުންނެވެ. އެއީ މާލެ ސިޓީ އަށް 49 ކެންޑިޑޭޓުން، އައްޑޫ ސިޓީއަށް 44 ކެންޑިޑޭޓުން އަދި ފުވައްމުލަކު ސިޓީ އަށް 15 ކެންޑިޑޭޓުންނެވެ. އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް ކުރިމަތިލާފައިވަނީ 53 ކެންޑިޑޭޓުންނެވެ. ރަށު ކައުންސިލްތަކަށް ކައުންސިލްގެ ރައީސް ހިމެނޭހެން ކުރިމަތިލާފައިވަނީ 1067 ކެންޑިޑޭޓުންނެވެ.

https://twitter.com/MDPSecretariat/status/1216796480419164162?s=20

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

އެމްޑީޕީން މިހާރު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފައްޓާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިސްވެ ހުންނަވައިގެން އާދިއްތަ ދުވަހު ވަނީ ބޮޑު ތިލަދުންމައްޗަށް ދަތުރެއް ފައްޓަވާފައެވެ.

އެމްޑީޕީން މިލިސްޓު އާންމުކޮށްފައިވާއިރު އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފައިވާ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ. ޕްރައިމަރީގައި ވާދަކުރުމަށް އެޕްލިކޭޝަން ފޯމް މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުށެހެޅޭނެކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: