ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ނުދިނުމަކީ ޙައްޤެއް ނޫން، މިއަދު މުޅި ޤައުމު އެލަރޓްވެފައި މިއޮތީ އެންމެ މީހެއްގެ ސަބަބުން: ޑރ.މުޙައްމަދު ޢަލީ

ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިން ނުދިނުމަކީ ހައްޤެކޭ ބުނެ ވާހަކަ ދައްކަމުން ދާއިރު މިއަދު މުޅި ޤައުމު އެލަރޓަށް އައިސްފައި މިއޮތީ އެންމެ މީހެއްގެ ސަބަބުންކަމަށް އެތެރެހަށިގެ ޚާއްސަ ޑޮކްޓަރު ޑރ.މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް އޮންނަނީ ބަލިވުމުގެ ކުރިން އެ ބައްޔަކުން ރައްކާތެރިވުންކަމަށެވެ. އެއީ ދީނުގައިވެސް އެކަން އަންގަވާފައިވާ ގޮތްކަމަށާއި، ވެކްސިން އަކީ އޭގެ ސަބަބުން އެތައް ރައްކާތެރިކަމެއް ލިބޭ އެއްޗެއްކަމަށްވެސް ޑރ. މުޙައްމަދު ވިދާޅުވިއެވެ.

ވެކްސިން ނުދީ ތިބުމަކީ ހައްޤެއްކަމަށް ބުނެ ވަކާލާތު ކުރަމުން ދާ ފަރާތްތަކަށް ހަގީގަތުގައިވެސް ވެކްސިންގެ މުހިންމުކަން ނޭނގެނީކަން ފާހަގަކުރައްވަމުން ޑރ.މުޙައްމަދު ވިދާޅުވީ، މި ބަލިތައް ފެތުރުމުން އޭނގޭން ލިބޭ ގެއްލުމާއި ބަލިމީހާއަށް އަޅާ ވޭން އެ ފަރާތްތަކަށް އިހުސާސްވެސް ނުވާނޭކަމަށެވެ.

“ހިމަ ބިހި ކަހަލަ ބަލިތައް، ތި ވާހަކަތައް ދައްކަވާ ބެފުޅުންނަށް ހީވަނީ ގިނަފަހަރަށް މިކަމުގެ، ބޮޑުކަމާއި މިކަން ފެތުރިއްޖެ ކަމުގައި ވާނަމަ، ދެން އަހަރުމެންނަށް ކޮންޓްރޯލްކުރަން އުދަގޫވާކަމާއި، މިކަންތައްތައް ނޭންގެނީހެން އަޅުގަނޑަށް ހީވަނީ. ނޫނީއްޔާ މިކަހަލަ އެޕިޑެމިކެއް ނުފެނި ތިބި ބައެއްކަން ނޭނގެ މިވާހަކަ މި ދައްކަނީ”

ޑރ. މުޙައްމަދު ވިދާޅުވީ އެންމެ މީހެއްގެ އިހުމާލުގެ ސަބަބުން މިއަދު މުޅި ޤައުމު އެލަރޓް ވެފައިވާކަމަށެވެ. އެހެން ކަމުން ވެކްސިންގެ މުހިންމުކަމަށް ބަލައި ވެކްސިން ޖެހުން މަޖުބޫރު ކުރުވާ ޤާނޫނެއް ހެދުން މުހިންމުކަމަށެވެސް ވިދާޅުވިއެވެ.

“މިސާލަކަށް ދަންނަވަމާ ހިނގާ، އަޅުގަނޑުމެން މިތާގަ މިވަގުތު ތިބެ މި ވާހަކަ ދައްކަނީ އެންމެ ބެފުޅެއްގެ ސަބަބުން. އެހެން ނޫންނަމަ މިއަދު މިތާ ތިބެ ދައްކާނީ އެހެން ވާހަކައެއް”

ޑރ.މުޙައްމަދު ވިދާޅުވީ ކޮންމެ ބޭހަކީވެސް އޭގައި ސައިޑް އިފެކްޓްތަކެއް ހުންނަ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ވެކްސިން ތަކުގައި ގެއްލުމަށްވުރެ ފައިދާ މާ ބޮޑު ކަމަށާއި އަދި މިކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ސަލާމަތްކަން ބޮޑުވެގެން ދާކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުން ޚާއްސަކޮށް މިވަގުތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ފާހަގަކޮށްފައިވާ ސަރަޙައްދުތަކަށް ދިޔަ ފަރާތްތަކުން އަވަހަށް ވެކްސިން ޖަހާ ބަލީގެ ކުރިން ބައްޔަށް ރައްކާތެރިކަން ހޯދުމަށް ޑރ.މުޙައްމަދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: