ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ދަފުތަރުގައި ކުރީގެ މެންބަރު ލަތީފު: ލަޠީފު ވިދާޅުވަނީ އެއީ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ހިންގާފައިވާ ޖިނާއީ ކުށެއްކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދަފުތަރުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުލް ލަޠީފު ހިމަނާފައިވާކަން އެނގުމުން އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

ލަޠީފު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އޭނާގެ ޒާތީ މައުލޫމާތު “ވަގަށް ނަގައިގެން” އެމްޑީޕީގެ އެތެރޭގެ ދަފުތަރުގައި ހިމަނާފައިއޮތް އޮތުމަކީ ސީދާ “ޖިނާއީ ކުށެއް” ކަމަށެވެ. އަދި އެކަމަކީ ކަނޑައަޅިގެން އެމްޑީޕީގެ ޕްރައިމަރީން “ވައްކަން ކުރުމަށާއި ވޯޓު އޮޅުވާލުމަށް” ހިންގާ ބޮޑު ޖަރީމާއެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

https://twitter.com/funamalatheef/status/1216067315684392960?s=20

ލަޠީފު ވަނީ މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން  ރައީސް ޞާލިހު ޓެގް ކުރައްވާ ލަތީފު ވަނީ “މަނިކުފާނު ހިންގަވަން ތިއުޅުއްވަނީ ޖަންގަލީގެ ޤާނޫނުތޯ”؟ ސުވާލުކުރައްވާފައިވެއެވެ. އަދި އިންސާފާއި ހަމައާއި އަދުލްވެރިކަން ޤާއިމުކޮށްދޭން ބޮޑެތި ހުވާކޮށްގެން އައިސް ރައީސް ޞާލިހު އިސްވެ ހުންނެވި ޕާޓީން ބޮޑެތި “ވައްކަން ކުރާއިރު ސެލްފީއަށް ހެވިފަ އަބަދހު ހުރުންތޯ ޒިންމާއަކީ ވިދާޅުވެ ލަތީފު ވަނީ ރައީސް ޞާލިހަށް ސުވާލު ކޮށްފައެވެ. އަދި ލަޠީފުގެ ޙައްޤު ކޮބާތޯވެސް ވިދާޅުވެފައިވެއެވެ.

https://twitter.com/funamalatheef/status/1216069868811718657?s=20

ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ލަތީފްއަކީ ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރައްވާ ކަމުގެ ތުހުމަތާ އެކު އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފެއްޓެވެމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެގައި ހިމެނޭ މެމްބަރެކެވެ. އޭރު ލަތީފްއަށް މަޖިލީހަށް ނުވަދެވި ދޮޅު އަހަރެއްހާ ދުވަސްވަންދެން އުޅުއްވަންޖެހުނެވެ. އެހެން ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު ދައުރަކަށް އޭނާ ކުރިމަތިލުމުންވެސް ވަނީ ނާކާމިޔާބު ވެ ވަޑައިގެންފައެވެ. ގިނަ ދުވަސްތަކަށް ފަހު ލަތީފް އަޑު ނީވި ދިޔަނަމަވެސް އޭނާ ކުއްލި ގޮތަކަށް ފެނިގެން ދިޔައީ ޕްރޮގްރެސިވް ކޯލިޝަންއިން މިދިޔަ މަހު ބޭއްވި “ކޮބާ ނުވިއެއް ނު” ޖަލްސާގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: