ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތަށް ހުޅުވުމާއެކު ޓްރެފިކަށް ބަދަލު ގެނެސް ފުލުހުންގެ ދައުރު ފުޅާ ކުރަނީ!

ސްކޫލްތަށް ހުޅުވުމާއެކު ޓްރެފިކަށް ބަދަލު ގެނެސް ފުލުހުންގެ ދައުރު ފުޅާ ކުރަނީ--- ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ތަކަށްވެސް ބަދަލު އަންނާނެ ކަމަށާއި ޚާއްސަކޮށް ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަމަގުމައްޗަކީ އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން 24 ގަޑިއިރު މަސައްކަތްކުރަމުންދާ ކަމަށެވެ.

މާލޭގެ މަގުތަކުގައި ޕާކު ކުރުމަށްހުރި ދަތިތަކާއި ޤަވާއިދާ ޚިލާފަށް ޕާކު ކުރުމުން، މަގުމަތި ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް އެކަމުގެ ހައްލު ހޯދުމަށްމަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މަގުމަތި ބޭނުން ކުރާ ފަރާތްތަކުން ހެދިފައިވާ އެންމެހައި ޤަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިއްތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ އަިދާރާއިން މިފަދައިން ބުނެފައިވާއިރު ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިއަުދގެ ވަގުތެއްގައި ވިދާޅުވެފައެވެ.

ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފާސް ހިސާބުތައް އާންމުކުރައްވާ ކުރެއްވި ޓްވީޓުގައި ހަމީދު ވިދާޅުވީ ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ފުލުހުން އެތައް ވަގުތެއް ހޭދަކުރަން ޖެހޭ ކަމަށެވެ.

އެކަމުގައި އެތައް ފުލުހުންނެއް ބައިވެރިވާއިރު އެއީ އެކަން ވެގެންވާނެ ގޮތެއް ނޫންކަމަށާއި، އެއީ ބަދަލުވާން ޖެހޭ މައްސަލަތަކެއް ކަަމަށް ހަމީދު ވިދާޅުވިއެވެ. ފެށޭ ހަފްތާގެ ތެރޭގައި ޓްރެފިކް ގަވައިދުތައް ތަންފީޒު ކުރުމަށް، ލުއި ގޮތްތަކެއް ގެނައުމަށް މަޝްވަރާ ކުރެވޭނެކަން ސީޕީގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: