ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ކައުންސިލަށް އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ ކަނޑައަޅައިފިއެވެ. ލެކްޝަންސް ކޮމިޝަނުން ވަނީ ކުޅުދުއްފުށީގައި މިރޭ ރަސްމިއްޔާތެއް ބާއްވާ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފަ އެވެ.

ކުޅުދުއްފުށި ކައުންސިލުގެ ދާއިރާތައް ކަނޑައަޅާފައިވާއިރު އެ ދާއިރާތަކަކީ؛

ކުޅުދުއްފުށި އުތުރު ދާއިރާ: އާބާދީ – 1678 މީހުން

ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ: އާބާދީ – 1665 މީހުން

ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ: އާބާދީ – 1647 މީހުން

ކުޅުދުއްފުށި މެދު އުތުރު ދާއިރާ: އާބާދީ – 1752 މީހުން

ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ: އާބާދީ – 1736 މީހުން

ކުޅުދުއްފުށި މެދު ދެކުނު ދާއިރާ: އާބާދީ – 1732 މީހުން

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި، އަންހެނުންނަށް ހާއްސަ ގޮނޑިތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

ގާނޫނުގައިވަނީ 10،000 މީހުންގެ އާބާދީ އެއް ނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ ކަމަށެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އެވެ. މިހާރު އެ ސިޓީގެ އާބާދީ އަކީ 10،210 ކަމަށް މިރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: