ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުގެ ތިން މީހަކު މަޑުއްވަރީ އިން ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޮޕަރޭޝަންގެ ތެރެއިން ---- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުންނާއި ކަމާއި ބެހޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން 3 ފިރިހެނަކު ހައްޔަރުކޮށްފިއެވެ

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރީ މިމަހުގެ 7 ވަނަ ދުވަހުކަމަށެވެ. އޮޕަރޭޝަންގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރ. މަޑުއްވަރީގައި ފުލުހުން ފަށާފައިވާ އޮޕަރޭޝަނަކީ ހަރުކަށި ވިސްނުމުގެ ޝިކާރަކައަށްވެފައިވާ ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.

މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މީގެ ކުރިން ވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

އޮޕަރޭޝަންއާއި ގުޅިގެން މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން މަހުރޫމްކޮށް އެމީހުންގެ ނާޖާއިޒު ފައިދާ ނަމުންދާ ކަމަށެވެ.

މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖްތަމައުން ވަކިކޮށް ކުޑަކުދިންނަށް ސިއްޙީ ގޮތުން ދޭން ލާޒިމް ކުރާ ވެކްސިން ނުދީ ތައުލޫމް ހާސިލް ކުރުމުން މަހުރޫމްކޮށް ކުޑަކުދިން މީހުންނާއި ކައިވެނިކުރުވާ ގެތަކުގަިއ ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްޙަތާިއ ގުޅުން ހުރި ސިއްޙީ އިންތިޒާމުތަކާއި ހައްޤުތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަނެހނުންގެ ފުރާނައާއި ސިއްޙަތު ނުރައްކާތެރި ޙާލަތަކަށް ހުށަހެޅިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން އެކަންކަން ހިނގަމުންދާ ކަމަށް ފާހަގަކުރެވޭ ގެތަށް ބަލާފާސްކޮށް މިކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަންއަކީ އެފަދަ ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ޙައްގުތަށް ރައްކާތެރިކުރުމަށް ހިންގާ އޮޕަރޭޝަންއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: