ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރި ރިޕޯޓު އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނަން: ރައީސް ޞާލިހު

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށާއި، އެ ރިޕޯޓު އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.

https://twitter.com/ibusolih/status/1214537611068375040?s=20

ޤާނޫނެއްގެ ތެރެއިން މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ޖަޒީރާ ރާއްޖެ ކެމްޕެއިންގައި އެމްޑީޕީން އެންމެ ބޮޑަށް ވިއްކި ސިޔާސަތެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ގިނަ ބައެއްގެ ތާޢިދު އެމްޑީޕީއަށް ލިބިފައިވާއިރު، އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން “އެޖެންޑާ 19″ގައި ވެސް އެ ސިޔާސަތު ބޭނުންކޮށް މަޖިލީހުގެ މެޖޯރިޓީއަށް އެދުނެވެ. ގިނަ ސިޔާސަތުތަކަށް ޤާނޫނީ ބާރު ދިނުމުގެ ބޭނުމުގައި ރައްޔިތުން ވަނީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދީފައެވެ.

ނަމަވެސް މިހާތަނަށް އެ ޤާނޫނުތައް ވުޖޫދުވެފައި ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ ސަރުކާރަށާއި އެމްޑީޕީއަށް އަމާޒުވަމުންނެވެ. އޭގެތެރެރިންވެސް މިނިމަމް ވޭޖް ކަނޑައެޅުން ލަސްވާތީވެ ގިނަ މަސައްކަތްތެރިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔާ ޕްރެޝަރ ކުރަމުންނެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖް ކަނޑައެޅުމަށް މަޖިލީހުން ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: