ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރު އެއާޕޯޓުގެ އީއައިއޭ އިސްތިއުނާފު ކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ---- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު، ޕްލޭނިންގް މިނިސްޓްރީން އެންވާރަމަންޓް މިނިސްޓަރު އަރިހުގައި އިސްތިއުނާފުކޮށްފިއެވެ.

އެންވައިރަމަންޓް މިނިސްޓްރީއިން ބުނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް ތައްޔާރުކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް މުރާޖަޢާކުރުމަށްފަހު، އެ މަޝްރޫޢު ގުރިއަށްގެންދަން މިހާރު ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ނިންމި ނިންމުން ޕްލޭނިންގ މިނިސްޓްރީ އިން އެންވަޔަރަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނަށް އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އެމައްސަލަ ދިރާސާކޮށް ބެލުމަށް އެންވައިރަމަންޓް މިނިސްޓަރާއެކު މިނިސްޓްރީގެ ޓިމެއް މިއަދު ނ. މާފަރަށް ޒިޔާރަތްކޮށްފައިވާ ކަމަށް ބުންޏެވެ.

މި ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާއިގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވިހާވެސް ގާތުންބެލުމެއް ކަމަށާއި މި ދަތުރުގައި، ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް  މަޝްރޫޢުގެ މަޢުލޫމާތު އޮޅުންފިލުވާނެ ކަމަށް  އެންވައިރަމަންޓް މިނިސްޓްރީއިން ބުނެއެވެ.

 މި ދަތުރަށްފަހު އެންވަޔަރަންމަންޓު މިނިސްޓްރީން ފަންނީ ރިޕޯރޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރ މިކަމުގައި ނިންމެވިގޮތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގާނެއެވެ. މިނިސްޓަރ މިކަމުގައި ނިންމަވާގޮތް ތަންފީޛުކޮށްދެއްވާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިންނެވެ.

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިޢުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިޢުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިޢުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ. މި މައްސަލަ ޕްލޭނިންގ މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރު 2019 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: