ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ ރައީސް ބައްދަލުކުރައްވައިފި

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ ރައީސް ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ އޮފިޝަލުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސައުތު އޭޝިއަން ގޭމްސް 2019ގައި ބައިވެރިވި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމް އަދި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލުންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޓީމުތަކުން މި މުބާރާތުގައި ދެއްކި ހިތްވަރާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ ރައީސް ބައްދަލުކުރައްވައިފި

މި މުބާރާތުގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ޝަރަފެއްކަން ފާހަގަކުރައްވައި ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި ވަކިކުޅިވަރެއް ތަފާތުކުރުމެއްނެތި ވަޞީލަތްތައް ޤާއިމުކުރުމާއި މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ބައެއް ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ.

ނޭޕާލުގައި މިދިޔަ މަހު ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމުން ވަނީ ލޯ މެޑެލް ޙާޞިލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: