ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ކޮމެޓީގެ މުގަރިރަކަށް ނާޝިޒް، ނާއިބަކަށް މުހައްމަދު ރަޝީދު

ސަރުކާރުގެ ބަޖެޓް ދިރާސާކުރާ ބަޖެޓް ކޮމެޓީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް އަދި ނައިބަކަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) މިރޭ އައްޔަންކޮށްފި އެވެ.

އެގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި ކޮމެޓީ ބައްދަލްވުމުގައެވެ. ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ މާލިއްޔަތު ކޮމެޓީއާ އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެންނެވެ.

މި އަހަރުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމެވެ. އަދި މިއީ، ރާއްޖޭގައި މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ހިމެނޭ ބަޖެޓެވެ. ޕީއެސްއައިޕީ ޕްރޮގްރާމްތައް އެކި ސަރަހައްދުތަކުގައި ހިންގަން 10.2 ބިލިއަން ރުފިޔާ މި ފަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: