ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުންގެ މުސާރައާއި ގުޅޭގޮތުން މިނިސްޓަރ މަޖިލީހަށް!

އެޑިއުކޭޝަން މިނިސްޓަރ.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޢަލީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ޙާޒިރުކުރަން ނިންމައިފިއެވެ.

މިނިސްޓަރ މަޖިލީހަސް ހާޒިރުކުރައްވަނީ ޓީޗަރުންގެ މުސާރައާއި ގުޅޭގޮތުންނެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު އަބްދުﷲ އެވެ.

މިނިސްޓަރ ޑރ އައުޝަތު އަލީ އާއި ކުރެއްވުމަށް މެންބަރު ޔަޢުޤޫބު ހުށަހެޅުއްވި ސުވާލުތަކަކީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދެވި ތަޢުލީމީ ދާއިރާއާއި ޓީޗަރުންޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަން ފާހަގަވާތީ، ޓީޗަރުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނެވޭނީ ކިހާތާކުތޯ ސާފުކުރުމަށް ކުރާ ސުވާލެވެ.

އަދި ސްކޫލުނިންމާ މޮޅެތި ދަރިވަރުން މި ދާއިރާއާއި ދުރަށް ދާތަން ފާއިތުވި 12 ވަރަކަށް އަހަރު ފެންނަމުންދާތީ އެކަން ދިމާވާ ސަބަބާއި ގުޅޭގޮތުން ކުރައްވާ ސުވާލާއި އެކަން ޙައްލު ކުރެއްވުމަށް މިނިސްޓްރީއިން ކުރައްވާ މަސައްކަތް އޮޅުން ފިލުވުމަށް މެންބަރު ޔަޢުޤޫބު ވަނީ ހުށަހަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: