ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމްއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ފުރުސަތު ދީގެން ނުވާނެ!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފުރައިގެން ދިޔުމުގެ ފުރުސަތު މިއަދު ސަސްޕެންޑްކުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ނުދިނުމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ ހައިލަމް ސަސްޕެންޑް ކުރުމަކީ ރައްޔިތުން މަރުހަބާ ކިޔާ ކަމެއް ކަމަށާއި ނަމަވެސް މިހާ ހިސާބުން އެކަން ނިންމާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މަޖިލީހުން ވަކިކުރަން އުޅުމުން މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވެސް ލަގްޒަރީ ދިރިއުޅުމަކަށް ރާއްޖެ އިން ބޭރަށް ފުރައިގެންދިޔަ ކަމަށާއި ހަމަ އެފަދަ ފުރުސަތެއް ހައިލަމް އަށް ވެސް މިއަދު ވަރަށް ބޮޑުކޮށް ހުޅުވިފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

“ގާޒީ ހައިލަމް މި ގައުމުން ފުރައިގެން ދިޔުމުގެ ފުރުސަތު ދީގެން ނުވާނެ. ޖޭއެސްސީ އަށް އެކަން ނުހުއްޓުވޭނަމަ، ހުއްޓުވޭނެ މުއައްސަސާތައް މި ގައުމުގައި އެބަހުރި. ފުލުހުންނަށް ހުށަހަޅައިގެން ނަމަވެސް ފިލައިގެން ހައިލަމް މި ގައުމުން ދިޔަނުދީ ހިފެހެއްޓުމަކީ މިއަދު މި ގައުމުގެ ރައްޔިތުން އެދޭ އެދުން” ޝިފާއު ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުންގެ ނުރުހުން ގާޒީ ހައިލަމް އަށް އަމާޒުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެ ފޮޓޯއާ ގުޅިގެން ހައިލަމްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމިއިރު، މިއަދު ހެނދުނު އެ މައްސަލައިގެ ތަހުގީގަށް އެ ކޮމިޝަނަށް ހާޒިރުވާން ހައިލަމް އަށް އޮތީ އަންގާފައެވެ. ނަމަވެސް ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގައި ކަންތައްތައް ހިނގާދިޔަ ގޮތް ރޭ ނެރުއްވި ނޫސްބަޔާނުގައި ވަރަށް ތަފްސީލުކޮށް ބުނެފައިވާނެ ކަމާއި އަދި އެއީ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނަށް ވެސް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ވިދާޅުވެ ކޮމިޝަނަށް މިއަދު ހާޒިރުވާން އުޒުރުވެރިވާކަން ހާމަކޮށް ގާޒީ ހައިލަމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ނަމަވެސް ކޮމިޝަނަށް ހާޒިރުނުވުމަށް ގާޒީ ހައިލަމް ދީފައިވާ އެ ސަބަބަކީ މަގުބޫލު ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖޭއެސްސީން ބުނެއެވެ. ހައިލަމް ސަސްޕެންޑްކުރީ ޖޭއެސްސީގެ ގާނޫނުގައި ބުނާ 60 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާނެ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: