ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުދަކަށް ގެއްލުންދިން މައްސަލައިގާ ދިވެއްސަކު ހޯދަނީ

ލަންކާ ސިފައިން ހޯދުމަށް އިއުލާން ކޮށްފައިވާ މީހާގެ ކުރެހުން - (ފޮޓޯ:ސިލޯން ޓުޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ލަންކާގައި ބުދަކަށް ގެއްލުންދިން މައްސަލައިގާ ދިވެއްސަކު ހޯދަން ލަންކާ ފުލުހުން އިއުލާނު ކޮށފިއެވެ.

މިދިޔަ އަހަރު ޑިސެންބަރު މަހު ލަންކާގެ ޑަނަގަމަ، މަނަވެއްލަ ސަރަހަށްދުގައި ހުންނަ ބުދަކަށް ގެއްލުންދިން މައްސަލަ ލަންކާގެ ސީއައިޑީ އިން ބަލަމުން އެބަދެއެވެ. އަދި، މި މައަސަލައިގަ އެންމެފަހުން ހޯދަން ބޭނުންވާ މީހެއްގެ ގޮތުގައި ނެރެފައި ވަނީ ދިވެއްސެއްގެ ފޮޓޯއެކެވެ.

ސީއައިޑީ އިން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ހޯދަމުންދަނީ 30-35 ދެމެދުގެ ދިވެހި ފިރިހެނެއް ކަމަށެވެ. 

މި މައްސަލައިގައި ފުލުހުން އެތައް ބައިވަރު ބަޔަކު ހައްޔަރު ކޮށްފައި ވާއިރު ކުރެވުނު ބައެއް ހައްޔަރާއެކު ހަތިޔާރު އަދި ގޮވާ ޒާތުގެ ތަކެތިވެސް ވަނީ ފެނިފައެވެ.

ބުދަށް ގެއްލުން ދިނުމަށް ބޭނުން ކުރެވިފައިވާ ވަޒަންތަކެއް ވަނީ ދަނަގަމައިގާ ހުންނަ ގެޔަކުން ފުލުހުން ހޯދާފައެވެ. އަދި، މި ގޭގެ ވެރިފަރާތް މިހާރު ހުރީ ލަންކާގެ ޕަލެކެލޭ ޕްރިޒަންގައި ބަންދު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: