ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގާޒީ ހައިލަމްއަށް 200،000ރ ދެއްވި ކަމުގެ ތުހުމަތު، ވަރަށް އަވަހަށް އެކަން ސާފް ކޮށްދޭނަން”

ގާޒީ ހައިލަމްއަށް 200،000ރ ދެއްވި ކަމުގެ ތުހުމަތު، ވަރަށް އަވަހަށް އެކަން ސާފް ކޮށްދޭނަން-އަލްހާން.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް 200،000( ދެލައްކަ) ރުފިޔާ ދެއްވި ކަމުގެ ތުހުމަތު ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިއަދުގެ ޖަލްސާ ކުރިއަސް ދަނިކޮށް ނަސްރުގެ ދުވަހާއި ގުޅިގެން ގާޒީ ހައިލަމް ކުރެއްވި ޕާސްޓެއްގެ މައްސަލަ ބެއްލުވުމަށް ޖޭއެސްސީން ނިންމައި ހައިލަމް ޖޭއެސްސީއަށް ހާޒިރު ވުމަސް އެންގެވުމުން އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގަިއ އެކަމާ އިހުތިޖާ ކުރައްވަމުން ގެންދަވަނިކޮށް އެމްޑީޕީއަށް ނިސްބަތްވެވަދައިގަންނަވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ 19 މޭ 2019 ގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް އަށް އަލްހާން 200،000(ދެލައްކަ) ރުފިޔާ ދެއްވި ކަމަށް ބުނާ މައްސަލައެއް އެމްއެމްއޭގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ.

މެމްބަރު ވަހީދުގެ އެ ތުހުމަތުތަކާއި ގުޅިގެން އަލްހާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރުން ވަކިގޮތަކަށް ހުކުމެއް ކުރުވަން އުޅުއްވި ނަމަވެސް މިއީ ބޮޑުވަރު ކަމަށެވެ. އަދި މެމްބަރު ވަހީދު ކުރެއްވި ތުހުމަތުތައް ވަރަށް އަވަހަށް މީޑިއާއަށް ސާފްކޮށްދެއްވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

https://twitter.com/AlhanFahmy/status/1191613754217127936

 އަލްހާން ފަހުމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ފައިސާ ދިންކަމަށް ތުހުމަތު ކުރިއިރު މިއަދު ހެނދުނުގެ ވަގުތެއްގައި ހައިލަމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަލްހާން ކުރެއްވި އެ ޓުވީޓުގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި މޯލްޑިވްސް ޕޮލިސް ސާވިސް ވަނީ ޓެގުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: