ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓޫގެ އެސްޖީއަށް އުއްތަމަ ފަނޑިޔާރު އިންޒާރު ދެއްވި މައްސަލައެއް ޖޭއެސްސީން ބަލަނީ!

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމްކޯޓުގެ ސެކްޓްރީ ޖެނެރަލްއަށް އިންޒާރު ދެއްވައި ވަޒީފާއިން ވަކިކުރައްވާނެ ކަމަށް ވިދާޅުވެ ބިރު ދެއްކެވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. 

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށް ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ޑީޖޭއޭއިން ނެރެފައިވާ ގަވާއިދުތަކާއި، އުސޫލްތަކަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓޫގެ ސެކްޓްރީ ޖެނެރަލްއަށް އަންގައި އޭނާގެ މަސައްކަތަށް ހުރަސް އަޅުއްވައި، ޑީޖޭއޭއާއި އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، ޑީޖޭއޭއާއި ސުޕްރީމް ކޯޓުގެ ސެކްޓްރީ ޖެނެރަލް ގުޅިވަޑައިގެން ބަޢާވާތެއް ގެންނަން އުޅޭ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ދެއްވާފައިވާ ކަމަށެވެ. 

މީގެއިތުރުން ޑޭޖޭއާއި އެއްވެސް މުއާމަލާތެއްކޮށް ޑީޖޭއޭއިން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލު ކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ދެއްވާފައިވާ ކަމަށް ބުނާ މައްސަލަ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން މިއަދު ޖޭއެސްސީން ނިންމި ނިންމުންތަކުގެ ތެތޭގައި ހިމެނެނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އެ ކޯޓުް ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދުއާއި ހަވާލު ކުރުމަށެވެ. 

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ސުޕްރީމް ކޯޓުގެ ސެކްޓްރީ ޖެނެރަލް އަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބެލުމަށް ނިންމާފައިވާއިރު އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޝަރުއީ ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާއި ބެހި ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދުސްތޫރީ ވާޖިބް އަދާކުރުމަށް ހުރަސް އަޅައި ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާ ޕެރެލައިޒް ކޮށްފައިވާ ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ރައްހިތުންގެ މަޖިލީޙުން ގެނައި އިސްލާހުގެ ދަށުން ޑީޖޭއޭ ޖޭއެސްސީގެ ދަށަށް ބަދަލު ކުރުމަށް ފަހު މިހާރު ހިގަމުންދާ ކަންތައްތަކާއި މެދު ކަންބޮޑުވުން ފާޅު ކުރައްވައި އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ  ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވާނީ ކޯޓުތަކަށް ކަމަށް ބުނެފައިވީ ނަމަވެސް މި މާއްދާގެ ބާރު ކެނޑޭ ގޮތަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާއި، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތިކުރުމުގެ ބީދައިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އެތެރޭގެ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތްބާނަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: