ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ހައިލަމްގެ ސަސްޕެންޝަނާއި އެކު ރައީސް ޔާމީންގެ ޝަރީޢަތް ކެންސަލް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެ ކޯޓުގެ ވައިބަރ ގުރޫޕަކަށް ފޮނުއްވި ޕޯސްޓަކާއި ގުޅީގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރުމުގެ ޝަރީޢަތް ކެންސަލް ކޮށްފިއެވެ. 

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ފަރާތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނެފައި ވަނީ މިއަދު މެންދުރު ފަހު ކުރިމިނަލް ކޯޓުގައި ތާވަލް ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރުމުގެ މައްސަލަ ކެންސަލް ކޮށްފި ކަމަށެވެ. ނަމަވެސް ދެން އަލުން މައްސަލަ ތާވަލް ކުރާނެ ވަކި ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. 

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ މިއަދު ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގަ އެވެ. އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވާއިރު ހައިލަމްގެ މައްޗަށް ކޮރޮޕްޝަންގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ހުކުމް ނުކުރުމަށް ގާޒީ  ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ ތުހުމަތު ކުރައްވާފައެވެ. 

މެންބަރު ނިހާދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ “ކުރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވަނީ ދެ މިލިއަން ޑޮލަރު ނަގާފައި ކަމަށާއި އެ ފައިސާ ނެގީ ރައީސް ޔާމީންއަށް ހުކުމް ނުޖެހުމަށް ކަމަށް. ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ބެލި އެންމެންނަށް ވެސް އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާނެކަން އެނގޭ ކަމަށެވެ. އެހެންވެ މިއަދު މަޖިލީހުން ފެންނަމުންދަނީ އެކަން ހަޖަމް ނުވެގެން އުޅޭ މެންބަރުންތަކެއް ކަމަށެވެ. މި ގައުމުގެ ހައްގުގައި ވެސް “ވަގުން” ހިފާ ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: