ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންދާ ކުރުމުގެ ދައުވާގެ ޝަރީއަތް ނިނމި ހުކުމް ކުރަން މިއަދު މެންދުރު ފަހު 1:00 އަށް ތަވާލް ކޮށްފައި ވަނިކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރެއްވީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖަކާ ގުޅިގެން މިއަދު ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ޖޭއެސްސީގެ މިއަދުގެ ބަައްދަލުވުމަށް ހައިލަމް ހާޒިރުވުމަށް އެންގި އެވެ. ނަމަވެސް ޖޭއެސްސީއިން ބުނީ ހައިލަމް މިއަދުގެ ބައްދަލުވުމަށް ހާޒިރުވެފައިނުވާ ކަމަށެވެ. އޭނާ ހާޒިރުވާން އުޒުރުވެރިވެ ދެއްކެވި ސަބަބަކީ ގަބޫލު ކުރެވޭ ފަދަ ސަބަބެއް ނޫން ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

އެހެންވެ، ރޭ ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ބުނެފައިވާ ވާހަކަތަކަކީ އެ މައްސަލާގައި ހައިލަމް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ބަލައި، އެއީ އޭނާގެ ބަސް ތަހުގީގަށް ހޯދުނީ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. މައްސަލައާ ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ މައްސަލައިގެ ޒާތުން ހައިލަމް މަސައްކަތަށް ނުކުމެ އުޅުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ކަމަކަށްވާތީ ކަމަށެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

ހައިލަމްގެ  މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: