ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެލްޓަ ވީގޯގެ ޖާޒީއަށް “ވިޒިޓް މޯލްޑިވްސް” ގެ ލޯގޯ! މިއީ މުސްތަގުބަލުގެ ފެށުން!

ރާއްޖޭގެ އިޝްތިހާރު ފުޓްބޯޅަ ކްލަބް ސެލްޓަވީގޯގެ ޖޯޒީއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިތުރަށް އިސްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ސްޕްނިޝް ލީގާގެ ސެލްޓަ ވީގޯއާއި އެކު ޓޫރިޒަމް މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޕެއިންގެ، ވީގޯގައި ހުންނަ، ސެލްޓާގެ ހެޑް އޮފީހުގައި ބައިނަލްއަގުވާމީ މީޑިއާތަކާއެކު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ސެލްޓަ ވީގޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކްލަބުގެ ރައީސް ކާލޯސް މޮއުރީނިއޯ އެވެ.

މި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީ ޖަލީލް އާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖެއިން ސެލްޓާއާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެއިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

https://twitter.com/RCCeltaEN/status/1191307471597510659?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1191307471597510659&ref_url=https%3A%2F%2Favas.mv%2F72720

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ސެލްޓަ ވީގޯއާއި އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތރުން ފުޓްބޯޅައިގެ ދުރު މުސްތަގުބަލަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ސަލްޓަ ވީގޯއަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއް އެކަޑަމީއިން ހިންގާ ކްލަބް ކަމަށެވެ. އަމާޒަކީ ރާއްޖޭގެ ކުރިމަގު އިތުރަށް އުޖާލާކޮށް އިތުރު ހަރުފަތަކަށް ގެންދިއުންކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ މުސްތަގުބަލުގައި ދިވެހި ގައުމީ ޓީމުގެ ރަނގަޅު ސެލެކްޝަންއެއް ބޭނުންވާ ކަމަށެވެ. ހާއްސަކޮށް މިހާރު 13 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން ދާ ކުދިންނަކީ މީގެ ފަސް އަހަރު ފަހުން ގައުމީ ޓީމުގެ އެންމެ މަތީގައި ފިޔަޖަހާ ކުދިންތަކަށް ވާން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ “ވިޒިޓް މޯލްޑިވްސް” ގެ ލޯގޯ ބޭރުން ފެނުމަކީ ޓޫރިޒަމް ސިނާއަތުގެ އެންމެ އިސް ފަރާތްތަކުގެ އަބަދު ވެސް އެދެމުންދާ ކަމެއް ކަމަށެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބޭއްވި “ކިޑްސް ފުޓްބޯލް ފިއެސްޓާ” ޗެމްޕިއަން ކަން ހޯދި ގާޒީ ސްކޫލް ޓީމުގެ ދެ ކުދިން ކަމަށްވާ، އައިހަމް އިބްރާހިމް އާއި ހުސައިން އާއިޝްއަށް ސްޕެނިޝް ލީގްގެ ސެލްޓަ ޑެ ވީގޯގެ އެކެޑެމީގައި ޓްރެނިން ހެދުމުގެ ފުރުސަތު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ރާއްޖޭގެ އިޝްތިހާރު ފުޓްބޯޅަ ކްލަބް ސެލްޓަވީގޯގެ ޖޯޒީއަށް

ރާއްޖެ އާއި ސެލްޓަ ވީގޯއާއެކުވީ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް އެ ކްލަބުތަކުގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހި ވެގެންދާނެ އެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓާގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީންވުމުގެ ފުރުސަތު ވެސް ފަހި ކޮށްދޭނެ އެވެ.

ރާއްޖެ- ސެލްޓަ ވީގޯ އެއްބަސްވުމުގެ ދަށުން، ދިވެހި ފުޓުބޯޅަ ކުރިއަރުވަން ބޮޑެތި އެހީތަކެއް އެ ކްލަބުން ދޭނެ އެވެ. މީގެތެރޭގައި ސެލްޓަގެ އެކަޑަމީގައި ޒުވާން ކުޅުންތެރިން ތަމްރީން ކުރުމުގެ ފުރުސަތުތަކާއި ކޯޗުންނާއި އޮފިޝަލުން ތަމްރީން ކުރުމުގެ އިތުރުން ގައުމީ ޓީމްތަކާއެކު ފްރެންޑްލީ މެޗުތައް ކުޅުންވެސް ހިމެނެ އެވެ.

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށް އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، އެއީ އެކި ފިޔަވައްސަށް ބަހާލައިގެން ކުރިޔަށްގެންދާނެ ހަރަކާތްތަކެއްކަމަށެވެ. ޔޫރަަޕްގެ ބޮޑެތި ކްލަބްތަކަށް އަމާޒުކޮށް ފަށާފައިވާ ކެމްޕެއިން ހަރަކާތާއި ގުޅޭގޮތުން މިނިސްޓާރ މީގެ ކުރިންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ރައްޖެއަށް މަޝްހޫރު އެއް ކްލަބެއް ގެނައުމަށް މަސައްކަތް ކުރާނެކަން މިނިސްޓާރ ވިދާޅުވުމުން ދާދިފަހުން ރާއްޖެއަށް އައި ރެއާލް މެޑްރިޑަށް ކުޅެފައިވާ ސްޕޭންގެ މަޝްހޫރު ކުޅުންތެރިޔާ ސަލްގާޑޯވަނީ އެނާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް ބުނެފައެވެ. ޔޫރަޕުގެ ޓީމުތަކުގައި ރާއްޖޭގެ އިޝްތިހާރު ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއިރު، ފަތުރުވެރިކަން ކުރިއެރުވުމުގައި އެކަށީގެންވާ ބައެއް ވަސީލަތްތައް ނެތްކަމަށް ވެސް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށް އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، އެއީ އެކި ފިޔަވައްސަށް ބަހާލައިގެން ކުރިޔަށްގެންދާނެ ހަރަކާތްތަކެއްކަމަށެވެ. ޔޫރަަޕްގެ ބޮޑެތި ކްލަބްތަކަށް އަމާޒުކޮށް ފަށާފައިވާ ކެމްޕެއިން ހަރަކާތާއި ގުޅޭގޮތުން މިނިސްޓާރ މީގެ ކުރިންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: