ކުއްލި ޚަބަރު

އެންމެ ފަހުން ހައިލަމް މަޢާފަށް އެދިއްޖެ

ކްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމް: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވި މެސެޖްގައިވާ ކެރުހުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭކަން ނޭނގޭ ކަމަށާއި އެކަމާ ގުޅިގެން އެމަނިކުފާނާއި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޟީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖުތިމާޢީ، ކަންކަމުގައި މަޝްވަރާކުރުމަށާއި، ޙިލާޔު ބަދަލުކުރުުމުގެ ގޮތުން ހަދާފައިވާ ވައިބަރ ގުރޫޕްގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އޭނާ ފޮނުވި ފޮޓޯގައި ހ،ހާޖަރާގެ ޢަބްދުﷲ ލުތުފީ އިންކަން އެނގުމުން އެ ފޮޓޯ އެ ގުރޫޕަށް ލާފައިވާކަމަށާއި، ދެން އެ ތަސްވީރުގައި ތިނބީ ކޮންބަޔެއްތޯ އޭރުގައި ނުބަަލާކަމަށެވެ. އަދި ކުރެހުމުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ނިސްބަތްވެވޭ ފަދަ ކުރެހުމެއް ވާކަން އޭރުގައި ނޭނގެކަމަށްވެސް ހައިލަމްގެ ބަޔާނުގައި ވެއެވެ.

އަދި އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެކަމަށް ވިސްނާލެވިފައިވެސް ނުވާކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ރައީސް ޞާލިހާއި، ރައީސް ނަޝިދުގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ އަރިހުން މަޢާފަށް އެދިލައްވާކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

" އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެކަމަށް ވިސްނާލެވިފައިވެސް ނުވެއެވެ. އެކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. "

ހައިލަމް ވިދާޅުވީ އެ ފޮޓޯ ޝެއަރކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގުރޫޕެއްގައިކަމަށާއި، ނަމަވެސް ސިޔާސީ ބައެއް ފަރާތްތަކުން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަން ބޮޑުކޮށްލާ ހައިލަމް ބައްލަވަމުން ގެންދަވާ މައްސަލައަކަށް ނުފޫޒުފޯރުވުމުގެ ގޮތުން އެ މައްސަލައިގައި ހައިލަމް ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފައިވާކަމަށެވެ. ހައިލަމް ވަނީ އެ ފަރާތްތަކުން ފަނޑިޔާރެއެްގެ ހައިސިއްޔަތުން ހައިލަމް ކުރައްވާ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމުގެ ތުހުމަތުވެސްކޮށްފައެވެ.

ހައިލަމް ވިދާޅުވީ، މަގާމުގެ ހައިސްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު، މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައިނުވާނޭކަމަށެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނޭކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: