ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޟީ ހައިލަމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑިޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ހައިލަމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެ ޕާޓިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބަރ ގްރޫޕް – “ސީ.ސީ.އާ.ރް.ސީ އެކުވެރިންގެ ދަރުބާރު” އަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ މެސެޖެއްގެ ގޮތުގައި ފޮނުވި އެ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމް އެ ޢަމަލު ހިންގާފައިވަނީ ކޮރަޕްޝަނާއި، ފަސާދައިގެ ލާލަޗުގައިކަމަށް މި ޕާޓީއަށް ޤަބޫލުކުރެވޭތީއާއި، ޢާންމުންގެ މެދުގައި އެ ތުހުމަތު ކުރެވެމުންދާކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް މޯލްޑިވްސް ޕޮލީސް ސަރވިސްއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ގޮވާލާކަމަށެވެ.

އެމްޑީޕީން ބުނީ، ޢަދުލް އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ޙާލު، އެ ނިޒާމުގެ ހައިބަތާއި، ޤަދަރު ޙިމާޔަތްކުރުމަށާއި، ކޯޓުތަކުގެ މައްޗަށް ޢާންމުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަޚްލާޤާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން ލާޒިމްކަމަށެވެ. އަދި ފަނޑިޔާރުންނީ ޒާތީ ތަޢައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ޢަމަލާއި ބަސް، އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއްކަންވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ތަޢައްސަބު ކުރިއަށް ނެރެ، ވަކި ފަރާތަކަށް ނުޖެހުމުގެ ސިފަ ނަފީވާ މަގުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައިލަމް ހިންގާފައިވާ ޢަމަލުގެ ތަޙްޤީޤު ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ހިންގުމަށް ނިންމާފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: