ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަކީ ވަކި ބަޔަކު ބޭނުންވާގޮތަކަށް ޙުކުމްކުރުމަށް ނުފޯޒު ފޯރުވުމެއްނޫން”

އިދިކޮޅު ކޯލިޝަނުން ބެއްވި ޖަލްސާއެއްގެ ތެރެއިން: ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމުގެ ނަމުގައި މިހާރު ހިންގަމުންދަނީ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިފަކޮށްފިއެވެ.

ކޯލިޝަންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖުޑިޝަރީ އިޞްލާޙު ކުރުމަށް ކަމަށްބުނެ ޝަރުޢީ ކޯޓުތަކުގައި ހިނގާ ވަކި ވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއާއި ސަރުކާރުން މެދުކެޑުމެއްނެތި މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ރައީސް ޔާމީންގެ ޝަރީޢަތް ކުރައްވާ ފަނޑިޔާރަށް ބިރުދައްކާފައިވާކަން ނޫސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އިދިކޮޅު ކޯލިޝަންއިން ބުނީ ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަކީ ވަކި ބަޔަކު ބޭނުންވާގޮތަކަށް ޙުކުމްކުރުމަށް ނުފޯޒު ފޯރުވުމެއްނޫންކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ޢަދުލު އިންސާފުގެ ދާއިރާ އިޞްލާޙުކުރުމަށް ވެފައިވާ ވަޢުދަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ވަކި މަޤްސަދެއް ޙާސިލް ކުރުން ކަމުގައިވާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އިދިކޮޅު ކޯލިޝަންއިން ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި ކޯޓުތަކުގެ ހައިބަތާ ޤަދަރު ޙިމާޔަތްކޮށް ދިނުމަކީ ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންތައްތައް ހިންގުމާއި ޙަވާލުވެތިބި އެންމެހާ މީހުންގެ މައްޗަށް ޤާނޫނު އަސާސީގެ 141ވަނަ މާއްދާގެ (ރ)ގެ ދަށުން ލާޒިމް ކޮށްފައިވާ ކަމެއްކަމަށެވެ. 

” އަދި އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ކަމުގައިވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެ ކަމަށް، ޤާނޫނު އަސާސީގެ 141ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާމެދު ނަފްރަތާ ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާ ދެކޮޅަށް ޙަޤީޤަތެއްނެތް ދޮގު ތުހުމަތުކޮށް ޤާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި 142 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަޤިއްލު ކަމުގެ މަބްދައަށް އެއްވެސް ބެލުމެއްނެތި ސަރުކާރާ ސަރުކާރު ހިންގާ ޕާޓީން ދަނީ ކޯޓުތަކާއި ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ޢަމަލުތައް ހިންގަމުން ދޭ . އަދި މިއީ ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރު ކުރުމުގެ ގޮތުން ޤާނޫނު އަސާސީގައި ކަނޑައަޅާ ބަޔާންވެފައިވާ ދުސްތޫރީ އުސޫލްތަކާ ޚިލާފަށް ސަރުކާރުން ރާވައިގެން ހިންގާ ކަމެއް. “

ހަމައެއާއެކު ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ ސަރުކާރާ އެމްޑީޕީން ސިޔާސީ ޓޫލްއެއްގެ ގޮތުގައި ބޭނުންކުރާ، އެޕާޓީއަށް ނިސްބަތްވާ ބައެއްގެ ކޮންޓްރޯލް އޮވެގެން ހިންގާ ޖަގަހައެއްގެ ގޮތުގައި މިއަދު ވެފައިއޮތް އޮތުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް ދެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޯޓުތަކަށް ބިރުދައްކާ، ފަނޑިޔާރުންނަށް ނުފޫޒުފޯރުވާ، ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން ޝަރުޢީ ނިޒާމު ފުޑާލުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެެވެ. އަދި ޒިއްމާދާރު އިދިކޮޅު ޕާޓިއެއްގެ ގޮތުން މިކަން މިގޮތަށް ކުރަން ސަރުކާރަށް ފުރުޞަތުދީގެން ނުތިބޭނެކަމަން ވަނީ އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: