ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެސްޓިނޭޝަން މާކެޓެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރުން: މިއީ ހަމައެކަނީ “ކަނޑު އަޑީގެ ރިތި ކަމުގެ ވާހަކައެއް ނޫން”

ފަތުރުވެރިކަމާއި ގުޅޭގޮތުން ރާއްޖެ އިޝިހާރު ކުރުމަށްޓަކާ އެމްއެމްޕީއާރުސީން ކުރަމުން އަންނަ މަސައްކަތްތައް - ފޮޓޯ: ސަންގު/ މާހަތު ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ދުނިޔޭގެ ބައެއް މަޝްހޫރު އެއާލައިންތަކުން އެ ކަމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މޭނިޖިން ޑިރެކްޓަރު ޠައްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ފެށިގެން ކުރިޔަށްދާއިރު ޠައްޔިބް ވަނީ މީޑިއާތަކާއި ބައްދަލު ކުރައްވާ ރާއްޖެ އިޝްތިިހާރު ކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު ކުރިއެރުންތަކެއް ލިބި، މި އަހަރުގެ މިހާތަނަށް 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި އަހަރު ފެށުނުއިރު ސަރުކާރުގެ އަމާޒަކަށް ވީ ވެސް އަހަރު ނިމުމުގެ ކުރިން 1.5މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ޠައްޔިބް ވަނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެ ޓާގެޓާއި ހަމައަށް ވާސިލް ވެވޭނެ ކަން ފާހަގަ ކުރައްވާފައެވެ.

ޠައްޔިބް ވިދާޅުވީ ނޮވެމްބަރު މަހާއި ބައްދަލު ކުރިއިރު 19 ރިސޯޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާފައިވާ ކަމަށެވެ. އަދި20 ވަނަ ރިސޯޓަކީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ހުޅުވާ ރިސޯޓެއް ކަމަށެވެ.

ރާއްޖެ މާކެޓު ކުރުމަށްޓަކާ އެމްއެމްޕީއާރުސީން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާ ޠައްޔިބް ވިދާޅުވީ، އެ ކޯޕަރޭޝަންގެ މަގްސަދަކީ ހަމައެކަނި ފެއާއެއްގައި ބައިވެރިވުމަށްފަހު ނިންމާލުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ކުރިއެރުންތަކާއި މެދު ވިސްނާ، ފަތުރުވެރިން ރާއްޖެ އަންނަވަރު މަދު ކަމަށް ބެލެވޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.

ޠައްޔިބް ވިދާޅުވީ މީގެ ކުރިން އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފަހުރުވެރިވާފަދަ ކުރިއެރުންތަކެއް އިންޑިއާގެ މާކެޓުން ލިބިފައިވާކަން ޠައްޔިބް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ މާކެޓު ކުރުމުގައި ތަފާތު އެކި ވަސީލަތްތައް ބޭނުން ކުރަންޖެހޭއިރު ބޭރު ދުނިޔޭގެ އެކި ފެއާތަކުގައި އެމްއެމްޕީއާރުސީއިން ބައިވެރިވެއެވެ. އަދި އެކި މާކެޓުތަކަށް ހާއްސަކޮށްގެން ރޯޑު ޝޯތައް ބާއްވައެވެ. 

ފަތުރުވެރިން ރާއްޖެ ގެނައުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ، ފަތުރުވެރިން ޓްރާންސިޓްކޮށްގެން ރާއްޖެ އަންނަން ޖެހުމެވެ. އެހެން ނަމަވެސް، އެކަން ހަައްލު ކުރުމަށްޓަކާ ގިނަ މަސައްކަތްތައް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. ޠައްޔިބް ވިދާޅުވީ، އެއާލައިންތަކުންވެސް ރާއްޖެ އިޝްތިހާރު ކުރުމަށްޓަކާ ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން، މިއީ ފަތުރުވެރިކަމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ސެޕްޓެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 117،619 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 9.3 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި އަދިވެސް އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެގޮތުން، ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 3.7 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 230،349 ޓޫރިސްޓުންނެވެ.

މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިންޑިއާ މާކެޓުންނެވެ. އިންޑިއާ އިން ސެޕްޓެމްބަރުގެ ނިޔަލަށް 115،507 ޓޫރިސްޓުން އައިރު އެ ގައުމަކީ ދެ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމެވެ. މިއީ 31.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: