ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ “ޑަބްލިއުޓީއެމް ލަންޑަން 2019” ގައި އެމްއެމްޕީއާރުސީއާއި އެކު ރާއްޖޭގެ 63 ކުންފުންޏެއް! ތަފާތު ވާނެ

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ފެއާ ވޯލްޑް ޓްރެވެލް މާކެޓް ލަންޑަންގައި ފެށުން - ފޮޓޯ: ސަންގު/ މާހަތު ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ފެއާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންއާއި އެކު ރާއްޖޭގެ 63 ކުންފުންޏަކުން ބައިވެރިވެއްޖެއެވެ.

ނޮވެމްބަރު މަހުގެ 4 އިން 6 އަށް “އެކްސެލް ލަންޑަން ކޮންވެންޝަން ސެންޓަރ” ގައި ކުރިޔަށް ގެންދާ ފެއާގައި ރާއްޖޭގެ 63 ކުންފުންޏަކުން ޖުމްލަ 161 މީހަކު ބައިވެރިވެއެވެ.

ރާއްޖެއިން ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވާތާ 35 އަހަރުވެފައިވާއިރު، މި ފެއާގައި ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ މަޝްހޫރު ކުންފުނިތަކުން ބައިވެރިވެ އެވެ. އޭގެތެރޭގައި ވިލާ އާއި ޔުނިވާސަލް އާއި ޝެރެޓަން އާއި ބަޑޮސް އާއި ކްރައުން އެންޑް ޗަމްޕާ އާއި ކްރޮސްރޯޑްސް އާއި ރީތި ފަރު ރިސޯޓާއި އަދާރަން އާއި ޓްރިޕަލް އޭ ހޮޓެލްސްގެ އިތުރުން ކެޕިޓަލް ޓްރެވެލް އެންޑް ޓުއާޒް ފަދަ ކުންފުނިތައް ހިމެނެ އެވެ.

 

ޑަބްލިއުޓީއެމް ފެއާ ފެށިގެން ކުރިޔަށް ދަނީ — ފޮޓޯ: ސަންގު/ މާހަތު ހުސެއިން

އެމްއެމްޕީއާރުސީއިން ރާއްޖޭގެ ސްޓޭންޑް ތައްޔާރު ކުރުމުގައި ގިނަ މަސައްކަތް ތަކެއް ކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑު ހެދުމަށް 345 ސްކޮއާ މީޓަރު އަދި ސްޓޯލްގައި 24 މީޓިން ޓޭބަލް ވަނީ ގާއިމްކޮށްފައެވެ.

ރާއްޖޭގެ ފަރާތުން ބައިވެރިވާ ކުންފުނިތަކުން، އެކުންފުނިތަކުގެ އިޝްތިހާރުތައް އަދި އެހެނިހެން ޕްރޮމޯޝަން އެޑުތައް ބޮޑު ސްކްރީނެއް މެދުވެރިކޮށް ވަނީ ބަހައްޓާފައެވެ. 

މި ފެއާއަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ މީހުން އެއް ތަނަކުން ބައިވެރިވެ ބައްދަލުވާ އެންމެ ބޮޑު ފެއާ އެވެ. މި ފެއާގައި ޓެކްނޮލޮޖީ ދާއިރާ އާއި އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް 5،000 ބައިވެރިން، ބައިވެރިވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ ޓޫރިޒަމް ސިނާއަތަށް ހާއްސަ ފެއާއަކަށް ވުމާއެކު ޓޫރިޒަމް ދާއިރާގެ 51،000 މީހުން ފެއާގައި ބައިވެރިވެ އެވެ. އަދި ނުފޫޒު ގަދަ ނޫސްވެރިން ވެސް ފެއާއިން ފެނިގެންދާނެ އެވެ.

ޑަބްލިއުޓީއެމް ފެއާ ބާއްވާ އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ގައުމެކެވެ. އެ ގައުމުން މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 90,965 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން އައި 83,311 މީހުންނާ އަޅާބަލާއިރު 9.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އިޝްތިހާރު ކުރަން މިދިޔަ އަހަރު ކަނޑައަޅާފައި އޮތީ ތިން މިލިއަން ޑޮލަރު ގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މާކެޓިން ބަޖެޓު ވަނީ 10 މިލިއަން ޑޮލަރަށް ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ޑަބްލިއުޓީމްއަށް  ދިވެހި މީޑިއާތަށް ގެންގޮސްފައި ނުވެއެވެ. އެހެން ނަމަވެސް އާ ސަރުކާރާއި އެކު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ހަވާލުވެ ތޮއްޔިބް މުހައްމަދު ވަނީ އެމްްއެމްޕީއާރުސީން ކުރިޔަށް އޮތް ތަނުގައި ފެއާތަކަށް ދިވެހި މީޑީއާތައް ގެންދާނެކަން ފާހަގަކުރައްވަފައެވެ. އެ ފުރުސަތު މި ފަހަރު ލިބިފައިވަނީ ސަންގުޓީވީއަށެވެ.

މި އަހަރުގެ ޑަބްލިއުޓީމް ލަންޑަން 2019 ގެ އެންމެފަހުގެ މައުލޫމާތު ސަންގުޓީވީން ގެނެސްދެވޭނެ ވާހަކަ ދަންނަނަވަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: