ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

355 ދަރިވަރުންނާއެކު ބޭއްވި އެމްއެސްއައިކިއު ޤުރުއާން މުބާރާތުގެ އެއްވަނަ ފާޠިމަތު ހާޝިޔާއަށް

އެމްއެސްއައިކިއުގެ ފަރާތުން ބޭއްވި 3 ވަނަ ގުރުއާން މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ދިޔަ ދަރިވަރުން - (ފޮޓޯ: ސަްނގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަނިކް ސޭޓް އިންސްޓިޓިއުޓް (އެމްއެސްއައިކިއު)ގެ ފަރާތުން ބޭއްވި 3 ވަނަ ގުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސެޕްޓެންބަރު މަހުގެ 24-27 އަށް ބޭއްވުނު މި މުބާރާތުގައި 355 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި 4 ގިންތިއަކަށް ގުރުއާން ކިޔަވާފައި ވެއެވެ. އެއީ، އަކުރު ފިލި ކަލިމަ، އަންމާ ފޮތް، ހަތިމް އަދި ހާއްސަ ގިންތިއެވެ. ދޮށީ އުމުރުގެ ކުދިންނަށް އަކުރު ފިލީގެ ގިންތި އާއި އަންމާފޮތް އަދި ހަތިމް ގެ ގިންތި ހުރިހާ އުމުރު ފުރާއަކަށްވެސް ހުޅުވާލައިފާ ވެއެވެ. އަދި، މި މުބާރާތުގައި ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ގިންތި ހަމަޖެހިފައި ވެއެވެ.

 

null

ރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރި ކޮށްދީފައިވަނީ ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްއެވެ. މުޅި މުބާރާތުން އެއްވަނައަށް ގޮސްފައި ވަނީ މާލޭ ގޮފިން ފާތިމަތް ހާޝިޔާ މޮހައްމަދުއެވެ. މި ދަރިވަރަށް މަނިކް ސޭޓު ފައުންޑޭޝަންގެ ފަރާތުން 30،000 ރުފިޔާއާއި ޓްރޮފީގެ އިތުރުން ސެޓްފިކެޓް ދީފައިވެއެވެ. އަދި، މުޅި މުބާރާތުން ދެވަނައަށް ގޮސްފައިވަނީ މަތިވެރި ގޮފިން އައިޝަތް ފައިހާ މޫސައެވެ. މި މުބާރާތުގައި ހުރިހާ ގިންތިއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ އަދި ސެޓްފިކެޓް ވަނީ ހަވާލުކުރެވިފައެވެ. މީގެއިތުރުން، މި މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރނުންނަށްވެސް ފައިސާގެ އިނާމް އަދި ސެޓްފިކެޓް ދީފައިވެއެވެ.

އެމްއެސްއައިކިއުއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް މި މުބާރަތް ބޭެއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން ޖުލައި ހިސާބުގައެވެ. މިއަންނަ އަހަރުގެ މުބާރާތުގައި މުޅި މުބާރާތުން 1 ވަނައަށް 50،000 ރުފިޔާ، 2ވަނައަށް 30،000 ރުފިޔާ އަދި 3 ވަނައަށް 20،000 ރުފިޔާ މަނިކް ސޭޓު ފައުންޑޭޝަންގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

null

މަނިކް ސޭޓު ފައުންޑޭޝަންގެ ދަށުން ކުރިޔަށްދާ އެމްއެސްއައިކިއުގެ ތިން ގޮތްޕެއް ރާއްޖޭގައި މިވަގުތު ހުޅުވާފައި ވެއެވެ. އެއީ މާލެ ގޮތްޕާއި މަތިވެރި ގޮފި އަދި ދުވާފަރު ގޮތްޕެވެ. ޖުމްލަގޮތެއްގައި 1،269 ދަރިވަރުން ކިޔަވަމުންދާ މި އިންސްޓިޓިއުޓްގައި ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކުވެސް ހެދުނު 5:30 ފެށިގެން 10:30 އަށް ކުލާސްތައް ކުރިޔަށް ދެއެވެ.

މަނިކް ސޭޓަކީ 1990 އަހަރުން ފެށިގެން މާލެގައި ވިޔަފާރި ކުރަށްވާފައިވާ ބޭފުޅޭކެެވެ. މަނިކް ސޭޓުގެ އުންމީދަކީ އެމްއެސްއައިކިއުގައި ދަރިވަރުންނަށް ކިޔަވައިދޭ ފަދައިން ގުރުއާނުގެ އިލްމު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހިލޭ ކިޔެވޭނެގޮތް ހަމަޖެހުމެވެ.

ގުރުއާނުގެ އިލްމު ފެތުރުމަށް ކުރެވޭ މަސައްކަތުގެ ހިންހަމަޖެހުމާއި މަންފާ އިހުސާސްވާނަމަ ހުރިހާ ވިޔަފާރިވެރިންވެސް އަގަކާނުލާ ގުރުއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތް ކުރަށްވާނެކަމަށް ރޭގެ ރަސްމިއްޔާތުގައި މަނިކް ސޭޓު ވިދާޅުވެފައިވެއެވެ. އެމްއެސްއައިކިއުއިން ކިޔަވައިގެން ހާފިޒްކަން ނުވަތަ ހާފިޒާކަން ހާސިލްކޮށްފިނަމަ ފައިސާގެ އިނާމެއް ލިބިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: