ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސާއި އަނެކުންނަށްވެސް ކޮށްދޭންޖެހޭ މުހިންމުކަމެއް: ނައިބް ރައީސް

ނައިބް ރައީސް ފައިސަލް ނަސީމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސަށާއި އެހެންފަރާތްތަކުގެ ޙައްގުގައި ވެސް ކޮށްދޭންޖެހޭ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ “ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލިޒިން ޕަބްލިކް ހެލްތް” މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޑޮކްޓަރުންގެ އިރުޝާދު އަބަދުވެސް އަޑުއަހަންޖެހޭކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ސާފުތާހިރުކަމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭކަމާއި ކަސްރަތު ކުރުމާ ހެލިފެލިވެ އުޅުމަކީވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާބޭނުކުރުމަށް ޚާއްޞަ ސަމާލުކަމެއްދީ ކުޑަކުދިންނަށް ނަމޫނާ ދައްކަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރުވެސް ޢާންމު ޞިއްހަތުގެ ނިޒާމު އަދި ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ތުއްތުކުދިންގެ ޞިއްޙަތާއި އެހެނިހެންކަންކަން ގާތުން ބެލުމަށް މައިންނަށް ވަގުތު ދިނުމުގެ ގޮތުން މައިންނަށް ދެވޭ ވިހެއުމުގެ ޗުއްޓީ އިތުރުކޮށްދިނުމާއި ސަރުކާރުން ފަށާފައިވާ ސްކޫލް ހެލްތު ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދުންފަތުން ލިބޭ ގެއްލުމުން މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އާންމު ތަންތަނުގައި އެހެންމީހުގެ ޞިއްޙަތަށް ގެއްލުންލިބޭ ފަދަ ގޮތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ނިމުމަކަށް ގެނައުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި މަހާސިންތާއަކީ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުމުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަށްޓަކައި މަޝްވަރާކޮށް ކަންތައްތަކެއް ނިންމުމުގެ ގޮތުން ކުރިޔަށްގެންދެވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނުވެރިންނާއި ޚިދުމަތްތެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: