ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮގު ޚަބަރެއް ފެތުރުމުގެ ސަބަބުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަކީ އެމުޖުތަމައެއްގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ޒިންމާއެއް- ހޯމް މިނިސްޓަރ

dhogu habaru fethurumuge sababun mujuthamauah libidhaane gehlumakun salaamaivumakee komme meehehge ves zinmaaeh: minister
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮގު ޚަބަރެއް ފެތުރުމުގެ ސަބަބުން މުޖުތަމައަށް، ފަރުދަށް، ޤައުމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަކީ އެމުޖުތަމައެއްގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެންވިދާޅުވީ މިނިސްޓްރީން މިއަދު ފެށި “ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން” ކެމްޕެއިން އިފްތިޠާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ  ކޮންމެ މީހަކު ދޮގު ޚަބަރު ހުއްޓުވަންޖެހޭ ސަބަބުތައް ގިނަވަނީ ދޮގު ޚަބަރުގެ ސަބަބުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކާ ނިކަމެތިކަމެއްގެ ސަބަބުން ސަލާމަތްކުރުމުގެ ޒިންމާ ކޮންމެ މީހެއްގެ ކޮނޑުގައި އެޅޭތީކަމަށެވެ. މައުލޫމާތުގެ ރަން ޒަމާނުގައި ދުނިޔޭގެ މިސްރާބު ހިފާ އެއްޗަކީ ބޮޑަތި ހަނގުރާމަވެރި ލަޝްކަރުތަކެއްނޫންކަމަށާއި، އަދި އެއީ ބަރު ހަތިޔާރު ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދު ދުނިޔޭގެ މިޞްރާބު އަމާޒުކުރުމުގެ މައިގަނޑު އަޞާޞަކީ މީޑިޔާކަމަށެވެ. ވަކިވަކި ފަރުދުންގެ އަމަލުތަކާއި، ވިސްނުމާއި ފިކުރާއި، ބޮޑަތި ވިޔަފާރި ކުންފުނިތަކާއި، ބޮޑަތި މުއައްސަސާތަކާއި، ޤައުމުގެ ސިޔާސަތުތައް ބައްޓަންވެގެންދަނީ ފެތުރިގެންދާ ޚަބަރުތަކާ މައުލޫމާތުތަކުގެ މައްޗަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ފެތުރެމުންދާ ޚަބަރާ މައުލޫމާތަކީ ދޮގު ޚަބަރާއި މައުލޫމާތުކަމަށް ވެއްޖެނަމަ ދެން މުޅި ދުނިޔެއަށް އައިސްފާނެ ބަދަލު އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭކަމަށާއި، ދޮގު ޚަބަރަކީ އެޚަބަރު ފެތުރުން ހުއްޓުވަންޖެހޭ އެއްޗެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔެއަށް އައިސްފައިވާ އިންޤިލާބީ ބޮޑަތި ބަދަލުތަކުގެ ތެރޭގައި ހަޤީޤަތުގައި މީޑިޔާއަކީ ބޮޑަތި މީޑިޔާ ކުންފުނިތައް ނުވަތަ މެއިންސްޓްރީމް މީޑިޔާތައް ނޫންކަމަށާއި، މިއަދުގެ މީޑިޔާއަކީ މުޖުތަމައުގައި ހިމެނޭ ކޮންމެ ފަރުދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ މީހަކީ ނޫސްވެރިއެއްކަމަށާއި، ކޮންމެ މީހެއްގެ މުށުތެރޭގައި މީޑިޔާ ސްޓޭޝަނެއް އެބައޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ދުނިޔެއަށް އައިސްފައިވާ ބޮޑުވެގެންވާ ބަދަލެއްކަމަށާއި، މިއަދުގެ ހަޤީޤަތަކީ މިއީކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: