ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހައިލަމް ފޮނުއްވި ޕޯސްޓުގެ މައްސަލަ ބަލަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ. 

އިސް ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބަރ ގުރޫޕަލަށް ފޮނުވި ޕޯސްޓަރ އާންމުވެފައިވާއިރު އެކަމާއި ގުޅިގެން ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގައި ނިންމާފައި ވަނީ ހައިލަމްގެ އެ ޢަމަލު ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. 

ހައިލަމްގެ ޕޯސްޓާއި ގުޅިގެން ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައި ވަނީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްއެވެ. 

ހައިލަމްގެ ތަހުނިޔާގެ މި މެސެޖު ލީކުވެފައިވާއިރު މާދަމާއަކީ މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުން އޮންނަ ދުވަހެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: