ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސް ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ ރައީސް ސާލިހުގެ ކަރުގައި ވާ އަޅުވާފައިވާ ފޮޓޯއަކުން!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް،  ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕަށް ފޮނުއްވި މެސެޖެއް އާންމުވެއްޖެއެވެ.

އިސް ގާޒީ  ހައިލަމް ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް ސާލިހުއާއި މަޖިލީހުގެ ރައީސް ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.

ރައީސް ސާލިހުއާއި ރައީސް ނަޝީދުގެ ކަރުގައި ވާ ޖަހައިގެން ދަމާ ފޮޓީޯއަކުން ގާޒީ ހައިލަމް ނަރުގެ ދުވެހުގެ ތަހުނިޔާ ވިދާޅުވެ ވައިބަރ ގުރޫޕަށް ފޮނުއްވި ފޮޓޯގައި ވަނީ ލިޔުމެއް ލިޔުއްވާފައެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ” އެ އިއްޒަތާ ގަދަރު މިއަދުު ފޭރިގެންފި: ކަމަށެވެ.

ކްރިމިނަލް ކޯޓޫގެ އިސް ގާޒީ ހައިލަމް އެ ކޯޓޫގެ ވައިބަރ ގުރޫޕަށް ފޮނުއްވި ކަމަށް ބުނާ ޕޯސްޓް

އިސް ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބަރ ގުރޫޕަކަށް ފޮނުވި ކަމަށް ބުނާ މި ޕޯސްތަރު މީޑިއާގައި އާންމުވެފައި ވީނަމަވެސް މިހާތަނަށް މިކަމާ ގުޅޭ ގޮތުން އިސް ގާޒީ ހައިލަމް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

ހައިލަމްގެ މިފަދަ ޕޯސްޓެއް ކުރައްވާފައިވާކަން ތުހުމަތު ކުރެވޭއިރު ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދަވަނީ އިސް ގާޒީ ހައިލަމްއެވެ. އަދި ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: