ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ސްޓްރޯކްގެ މި އަލާމާތްތައް ނޯޓް ކުރޭ! ފަހުން ބޮޑު ހިތާމައެއް ކުރަން ނަހަދާ!

މިނީ ސްޓްރޯކް އަކީ ސްޓްރޯކެއް ޖެހުމުގެ ކުރިން ދޭ އިންޒާރެއް. ސަމާލުވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ގިނަ ދިވެހިންނަކީ ބައްޔެއްގެ އަލާމާތެއް ކުޑަކޮށް ފެންނަނީ ނަމަ އެކަމާ މާބޮޑަށް އަޅާލާ ބައެއް ނޫނެވެ. ޒަމާނީ ވިސްނުމުގަ، ފަރުވާކުޑަކޮށް ދޫކޮށްލާ މިކަހަލަ ކަންތައްތަކުން، ބައެއްފަހަރު ހީވެސްނުކުރާ ފަދަ ހިތާމަވެރި ކަންކަމާ ކުރިމަތިލާން ޖެހުމަކީ މިކުޑަކުޑަ މުޖުތަމައުއިން ފެންނަމުންދާ ހަޤީޤަތެކެވެ. ބައްޔަށް ފަރުވާ ކުރަން ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން ފުރާނަގޮސްފައިވާ ނިސްބަތް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރު ވަމުންނެވެ. ގިނަ ފަހަރަށް މިކަން ކަން ހިނގަނީ ތިމާގެ އަމިއްލަ ފަރުވާ ކުޑަވުމުން ނުވަތަ އެންގެން ޖެހޭ މުހިންމު މައުލޫމާތު ނޭނގޭތީއެވެ.

އެގޮތުން ޓްރާންސިއެންޓް އިސެމިކް އެޓޭކް، (ޓީ.އައި.އޭ) ނޫނީ މިނީ ސްޓްރޯކް އަކީ އަޅުގަނޑުމެން އެންމެނަށް އެއީ ކިހިނެއް ދިމާވާ ކަމެއްކަމާ، އަދި އެކަމުގެ އަވަސް ފަރުވާއަކީ ކޮބާކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޓީ. އައި. އޭ  އަކީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކަށް އެކަށީގެންވާ ވަރަށް އޮކްސިޖެން ފޯރުކޮށް ނުދެވުމުގެ ސަބަބުން ސިކުނޑިއަށް ޖެހޭ އެޓޭކެކެވެ. މިނިޓު ކޮޅަކުން ގަޑިއިރު ތަކަކަށް ދެމިގެންދާ މިއެޓޭކްގެ ސަބަބުން އިންސާނާއަށް  މާބޮޑު އަދި ދާއިމީ ގެއްލުން ތަކެއް ނުލިބެއެވެ. މިސަބަބައްޓަކައި މިކަހަލަ އެޓޭކްތަކަށް ފަރުވާ ކުރުމަށްފަހު އިތުރަށް އަޅާނުލާ ދޫކޮށްލެވެއެވެ. ނުވަތަ އަމިއްލައަށް ބައެއް ފަހަރު ނޯމަލްވުމުން، އެކަމާއި މެދު ފަހުން ވިސްނާވެސްނުލެވެއެވެ.

ބޮޑު ބިންހެލުމެއް އައުމުގެ ކުރިން ކުދި ކުދި ލޮޅުން އަންނާނެޔޭ ބުނާ އުސޫލު މިހާލަތަށް ބޭނުންކުރެވިދާނެއެވެ. ޓްރާންސިއެންޓް އިސެމިކް އެޓޭކް އަކީ ލޭނާރުތަކުގައި ބުލޮކޭޖް ހުރުމުގެ ސަބަބުން ކުރިމަތިވާ ހާލަތަކަށް ވާއިރު،  ބޮޑު ސްޓްރޯކް އަކަށް އިންސާނާގެ ސިކުނޑި ތައްޔާރުވާކަމުގެ އެންމެބޮޑު އަލާމާތަކަށް ޓީ. އައި. އޭ ފުދެއެވެ.

ޓްރާންސިއެންޓް އިސެމިކް އެޓޭކްގެ އަލާމާތްތަކަކީކޮބާ؟

* މޫނު، އަތް، ފައި ނޫނީ ހަށިގަނޑުގެ އެއްފަޅި ވާޅުވުން، އައްސިވުން، ނޫނީ ވާގިނެތުން

* ވާހަކަ ދައްކަން އުނދަގޫވުން، ބައެއް އަކުރު ކިޔަން އުނދަގޫވުން.

* ލޮލުގެ ފެނުން ދަށްވުން ނޫނީ ނުސާފުވުން.

* ބޯ އެނބުރުން، މޫނު މައްޗަށް އަނދިރިވުން

* ސަބަބަކާއި ނުލާ ގަދައަށް ބޮލުގައި ރިއްސުން

މިނީ ސްޓްރޯކްގެ ބައެއް އަލާމަތްތައް

މީހަކަށް ޓީ.އައި.އޭ ގެ އެއް އަލާމާތަށް ވުރެއް ގިނަ އަލާމާތް ފެނުން އެކަށީގެން ވެއެވެ. މިކަންތަށް ބިނާވެފައިވަނީ އެޓޭކް ޖެހުމުގައި އެމީހާގެ ސިކުނޑީގެ ހިއްސާވާ ބައެއްގެ މައްޗަށެވެ.

ސުވާލަކީ ސިއްހީ އެހީތެރިއެއްގެ އެހީތެރިކަން ހޯދަންވީ ކޮންއިރަކުތޯއެވެ؟

ބޮޑު ސްޓްރޯކެއް ޖެހުމުގެ ގަޑިއިރު ތަކެއް ނޫނީ ދުވަސްތަކެއް ކުރިން ޓީ.އައި.އޭ ގެ އަލާމާތްތަށް ފެނިގެން ދާހިނދު، ތިމާއަށް ޓީ.އައި.އޭގެ ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީހާވެސް އަވަހަކަށް ސިއްޙީ އެހީތެރިއެއްގެ އެހީ ހޯދުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.

އަދި ސަމާލުކަން ދޭންވީ، ޓީ.އައި.އޭ އަށް ފަރުވާ ކުރުމަށްފަހު ވެސް ހުއްޓާނުލުމަށެވެ. ޤަވާއިދުން ކަސްރަތު ކުރުމާއި ކޮލެސްޓްރޯލް އަދި ހަކުރު ކޮންޓްރޯލްކޮށް ދެމެހެއްޓުމާއި ސިއްހަތަށް ފާއިދާ ހުރި ކާނާ ކެއުމަކީވެސް ވަރަށް މުހިއްމު ކަންތައްތަކެވެ. އަދި ހަމަ އެއާ އެކު ދުންފަތަކީ ލޭ ނާރު ތަކުގައި ސަރުބީ ޖެހުމުގައި އެއްމެ އިސް ރޯލެއް  އަދާ ކުރާ އެކައްޗަށް ވީއިރު ދުންފަތާއި ދުރުވުމަކީ ސްޓްރޯކް ޖެހުނަ ނުދިނުމަށް އެއްމެ މުހިއްމު އެއްކަމެވެ.

މިފަދަ ޙާލަތްތައް ދިމާވާއިރުގައި ބައެއް ފަހަރު ސިއްޙީ ފަރުވާ ލިބޭ ހިސާބާއި ވަރަށް ދުރުގައި ހުންނަންޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މަސްވެރިން އިންތިހާއަށް ގިނައެވެ. މަހަށް ފުރައިގެން އެތައް މޭލެއް ބޭރުގައި އުޅޭއިރުވެސް މިފަދަ ކަމެއް ދިމާވެދާނެއެވެ. ވަގުރުން ކުރެވޭ ބައެއް ފަރުވާތަކަށް ބަލާލާއިރު ގަދަޔަށް ކެއްސުމަކީ ވެސް ހިތަށާއި ނާރުތަކަށް އޮކްސިޖަން ލިއްބައިދޭ ކަމެކެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފަރުވާ ކުޑަ ނުކުރާށެވެ. އަވަހަށް އެންމެ ކައިރިން ސިއްޙީ އެހީތެރިއެއްގެ އެހީ ހޯދަންވާނެއެވެ. އަދި މަސްދޯނި ފަހަރުގައިވެސް ފަސްޓް އެއިޑް ދޭން އެނގޭނެ މީހުން ތިބުމަކީ މުހިންމުކަމެކެވެ.

ތިމާގެ ފުރާނައަކީ ވަރަށް އަގު ބޮޑު އެއްޗެކެވެ. އެ ފުރާނައަށް ބަރޯސާވެގެން އެތައް ބަޔަކު ދިރިއުޅެއެވެ. އެހެންކަމުން ފަރުވާ ކުޑަނުކުރާށެވެ.

އިސްރަށްވެހިން ބުނެ އުޅެއެވެ. “ރައްކާވެ ތިބިއްޔާ ދަތުރެކެވެ.”  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: