ކުއްލި ޚަބަރު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަލައިފި

ފިނޭންސް . މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އަންނަ އަހަރަށް ލަފާކޮށް 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީޙަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. 

ރައީސް ސާލިހުގެ ސަރުކާރުން ހުށަހެޅީ ފުރަތަމަ ބެޖެޓާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި އަންނަ  އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ބުނެފައިވާ ގޮތުގައި ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ޚަރަދުގެ 59 ޕަސެންޓެވެ. މީގެ އިތުރުން ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

2020 ވަނަ އަހަރު ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވެނީ 7.5 ޕަސެންޓްގައި ކަމަށް ބަޖެޓުގައި ވަނީ ބުނެފައެވެ. މި އަހަރު ޖީޑީޕީގެ ކުރިއެރުން ހުރީ 5.2 ޕަސެންޓްގަ އެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވި  ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށްވާތީ އެ ދާއިރާގެ ކުރިއެރުން 2.6 ޕަސެންޓްގައި ބެހެއްޓޭނެ އެވެ. އަދި މި އަހަރު ކުޑަ ހުއްޓުމެއް އައި ނަމަވެސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް 1.1 ޕަސެންޓްގައި ކުރިއަރާނެ  ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު 819 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ބަޖެޓްކޮށްފައި ވެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން 19 ޕަސެންޓް ނުވަތަ 1.2 ބިލިއަން ޑޮލަރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވާނެ ކަމަށް ބެލެވޭއިރު، ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: