ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރު ހޯދޭނީ ދުލާއި ޤަލަމުން، ކަނޑިއާއި ގޮށްމުށަކުން ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝިދު. ފޮޓޯ: ރައީސްނަޝީދު އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ނަސްރު ހޯދޭނީ ދުލާއި ގަލަމުން ކަމަށާއި، ކަނޑިއާއި ގޮށްމުށުގެ ބާރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު  ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ އިންޓަ ސްކޫލް މަޒުމޫނު ލިޔުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ބިނާވެފައި އޮތީ ދިވެހި ބަހުންނާއި އެ ބަސް މެދުވެރިކޮށް ޖީލުން ޖީލަށް ފޯރުކޮށްދޭ އިބްރަތްތެރި ވާހަކަތަކުގެ މައްޗަށް ކަމަށެވެ.

ދަރިވަރުންނާއި މުޙަތަބު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއއްޖެ ބިނާވެފައި އޮތީ ބަހުންނާއި އެ ބަސް މެދުވެރިކޮށް ޖީލުން ޖީލަށް ފޯރުކޮށްދޭ އިބްރަތް ތެރިކަމުގެ ވާހަކަތަކުގެ މައްޗަށް ކަމަށެވެ. އަދި ލިޔުންތެރިކަމަކީ ޤައުމު ބިނާ ކުރުމުގައި މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ނޫސްވެރިއެއްގެ ގޮތުގައާއި ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ދިމާވި ބައެއް ކަންކަން ވެސް އެ ހަފުލާގެ ތެރެއިން ދަރިވަރުންނާ ހިއްސާ ކުރައްވައިފަ އެވެ. ގިނައިން ލިޔުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ކަމެއް ކުރަންވާނީ އެއީ ޕެޝަނެއްގެ ގޮތުގައި ކުރާ ކަމެއް ކަމުގައި ދެކިގެން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެފަދަ ހިތާމަވެރި ދުވަސްތައް ދިމާވަނީ ބަހަށް ޖާގަނުދީ، ހިޔާލުތައް ހާމަ ކުރެވޭނެ ގޮތްތައް ބަންދު ކުރުމުންނެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: